އޮންލައިން ކޮށް ހުށައަޅާ ޕާސްޕޯޓުގެ ޚިދުމަތް ހުޅުމާލެއިން ދެވޭނެ ގޮތް ހަމަޖައްސައިފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ބުނީ ހުޅުމާލެއިން ޕާސްޕޯޓްގެ ހިދުމަތް ދޭގޮތް ހަމަޖއްސާފައިވަނީ "އިމުގަ" މެދުވެރިކޮށް އޮންލައިން ކޮށް ކަމަށާއި، ޕާސްޕޯޓްތައް މިހާރު ނެގުމގެ އިންތިޒާމްތައް ވަނީ ހަމަޖެހިފައި ކަމަށެވެ.
" ކަލެކްޝަން ޕޮއިންޓް’ގެ ގޮތުގައި ހުޅުމާލެ ޕާސްޕޯޓް އޮފީސް ( ފޭސް 1 ނުވަތަ ފޭސް 2) އިން ނަގާލެވޭ" " އިމިގްރޭޝަން
ހުޅުމާލެ ފޭސް 1 އިން ނަގާލެވޭނީ އމަރު ޒާހިރު ބިލްޑިންގެ ގެ ގްރައުންޑް ފްލޯއިން ކަމަށާއި، ފޭސް 2 އިން ނަގަން ބޭނުންވާ ފަރާތްތަކުން ވިނަރެސް 2 އެއްގެ އެއްވަނަ ފަންގިފިލާއިން ކަމަށެވެ.
ޕާސްޕޯޓުގެ ޚިދުމަތް މިހާރު ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތިބެގެން ލިބޭނެ އިންތިޒާމުތައް ވަނީ ގާއިމް ކުރަން ފަށާފައެވެ. އެގޮތުން ހއ. ދިއްދޫ ދ. ކުޑަހުވަދޫންވެސް ޕާސްޕޯޓް ނެގޭނެ އިންތިޒާމް މިހާރު ހަމަޖައްސާފަވެއެވެ. އަދި ލ. ފޮނަދޫންވެސް ލިބޭނެ އިންތިޒާމުތައް ދަނީ ހަމަޖައްސަމުންނެވެ.

