ސްޓެލްކޯގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް މާލޭގެ ފަސް ސަރަހައްދަކުން ކަރަންޓް ކަނޑާލަން ނިންމައިފިއެވެ.
މިގޮތުން ކަރަންޓް ކަނޑާލަން ނިންމާފައިވަނީ މާލެ ސިޓީ، ޖަމާލުއްދީން ހިނގުން، ރަށްދެބައި މަގު، ލޮނުޒިޔާރަތް މަގު، ސިއްތިމާވާ ހިނގުން، ފާށަނާކިލެގެ މަގު އަދި ބޮޑުރަސްގެފާނު މަގު ހިމެނޭ ސަރަޙައްދުންނެވެ.
ދޭތެރެ ދޭތެރެއިން މިގޮތަށް އަބަދުވެސް ކަރަންޓް މަސައްކަތް އަޕްގްރޭޑް ކުރަމުންދެއެވެ.
ސްޓެލްކޯ އިން ބުނީ މާދަމާ މެންދުރުފަހު 14:00 އާއި 16:00 އާ ދެމެދު ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި، ދިމާވެދާނެ ދަތިތަކަށް މަޢާފަށް އެދޭ ކަމަށެވެ.

