އިއްޔެ ހިގައިދިޔ އަލިފާނުގެ ހާދިސާގައި ހައުސިން މިނިސްޓްރީގެ ސަރވާ ސަލާމަތް ނުކުރެވުނު ކަމަށާއި، އޭގައި ހުރި ހުރިހާ ލިޔެކިޔުމަކާއި ޑޭޓާއެއް އެއްކޮށް ގެއްލިފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގަ މިނިސްޓަރު ހައިދަރު ވިދާޅުވީ ވުޒާރާގެ ހުރިހާލިޔެކިއުމަކާއި ޑޭޓާއަކާއި އެއްކޮށް ގެއްލިފައިވާ ކަމަށެވެ.
” ސާރވާ ސަލާމަތްނުކުރެވޭނެ ކަމަށް މިހާރު އަންދާޒާކުރެވެނީ. ހުރިހާ މަންޒަރެއް ގެއްލުމަކީ ލިބުނު ވަރަށް ބޮޑު ގެއްލުމެއް. ހުރިހާ މުވައްޒަފުންގެ މައުލޫމާތުވެސް ގެއްލިއްޖެ. ކުރަމުންދިޔަ ހުރިހާ މަޝްރޫއުތަކެއްގެ މައުލޫމާތުވެސް ވަނީ ގެއްލިފަ. ސާވާރ އަށް އެކްސެސް ނުލިބެންޏާ ކުރާނެ ކަމެއް ނޯންނާނެ” ހައިދަރު
ހައިދަރު ވިދާޅުވީ ވަރަށްބޮޑު ކަންބޮޑުވުމެއް ކަމަށާއި، އެއްގޮތަކަށްވެސް ސާވާރ އަށް އެކްސެސްނުވެ ކުރާނެ ކަމެއް ނޯންނާނެ ކަމަށެވެ. މި އަލިފާނުގެ ހާދިސާ ހިގާފައިވަނީ އިއްޔެ ހެނދުނު 6:30 އެހާކަށްހާއިރުއެވެ. އަލިފާން ކޮންޓްރޯލްކުރެވުނީ މެންދުރު 12 ޖަހަންއުޅެނިކޮށެވެ. ހާދިސާ ހިގައިދިޔަވަގުތު ވަޒީރު ރާއްޖޭގައި ނުއުޅުއްވައެވެ. ވަޒީރު ހައިދަރު ރާއްޖެ ވަޑައިގަތުމަށްފަހު މިއީ ފުރަތަމަވެސް މީޑިއާއަކަށް ދެއްވި އިންޓަވިއު އެވެ.
މިނިސްޓަރު ވިދާޅުވީ ނަސީބަކުން ފްލެޓް ލިސްޓުގެ ހުރިހާ މައުލޫމާތަކާއި ގެދޮރުވެރިކަމުގެ މަޝްރޫއާއި ބިންވެރިކަމުގެ ހުރިހާ މަޝްރޫއެއްގެ މައުލޫމާތެއް ރައްކާކުރަމުންދިޔައީ ކްލައުޑުގައި ކަމަށާއި، އެހެންވީމަ ސާވާއަށް ގެއްލުން ލިބުނަސް އެ މައުލޫމާތު ކްލައުޑުން ލިބެން ހުންނާނެ ކަމަށެވެ.

