“ވޮއިސް އޮފް މޯލްޑިވްސް” ކާމިޔާބުކުރި ހުނަރުވެރި ލަވަކިޔުންތެރިޔާ މުޙައްމަދު ޚާލިދުގެ ހިތްގައިމު އަޑުން ގެނެސްދޭ “މަލާއޭ” ލަވައިގެ ޓްރެއިލާރ ދައްކާލައިފިއެވެ.
އަންނަ އޮކްޓޫބަރު މަހު ފަހު ކޮޅު ނެރެން ހަމަޖެހިފައިވާ “މަލާއޭ” ލަވައިގެ ޓްރެއިލާއިން ފެނިގެންދަނީ މީގެ ކުރިންވެސް މަނިކް އާޓްސްގެ ލަވައަކުން ފެނިފައިފާ ސިމް އާއި ތައުއެވެ.
މަނިކް އާޓްސް އިން އުފައްދާ ރިލީޒްކުރުމަށް ތައްޔާރުވަމުން އަންނަ “މަލާއޭ” ލަވައިގެ މިއުޒިކް އަދި މިކްސިން ހަދާފައިވަނީ ޑީޖޭ ކައްޗޭ އެވެ. ލަވައިގެ ވީޑިއޯ ޝޫޓްކުރީ މާލެ، ވިލިމާލެ އަދި ހުޅުމާލޭގައެވެ. މިލަވަ ޑައިރެކްޓްކޮށް ކެމެރާކޮށްފައިވަނީ އަދި މިލަވައިގެ އެޑިޓިން ކޮށްފައިވަނީވެސް މަނިކް އާރޓްސްއިންނެވެ.
ލަވަކިޔުންތެރިޔާ ޚާލިދުގެ އިތުރުން މިލައިގައި ދެން އިވިގެންދާނީ ރުއާގެ ހިތްޤައުމު އަޑެވެ.
މިލަވަޔާމެދު މަނިކް ބުނެފައިވަނީ މިލަވަ ހާއްސަވާ އެއްސަބަބަކީ މިލަވައިގެ ކޮލިޓީގެ އިތުރުން އެކްޓިންގވެސް ތަފާތުވާނެ ކަމަށައި މިލަވަ އެއްކޮށް ނެރެން ހަމަޖެހިފައިވަނީ އަންނަ މަހު ފަހުކޮޅުގައި ކަމަށެވެ.

