ދޮންކޭލަކީ ކެއުމުގައި ބޭނުންކުރާ ވަރަށް ރަނގަޅު މޭވާއެކެވެ. ސަބަަަބަކީ އެމޭވާގެ ސަބަބުން ވަރަށް ގިނަ ސިއްހީ ފައިދާތައް ލިބޭތީއެވެ. ހާއްސަކޮށް ހަޖަމުކުރުމަށް ފަސޭހަކުރެވޭ މޭވާއެކެވެ. ކޮންމެ އުމުރެއްގެ މީހަކަށްވެސް އެންމެ ފައިދަހުރި މޭވާއެއްގެ ގޮތުގައި ދޮންކެޔޮ ބޭނުންކުރެވިދާނެއެވެ. ދޮންކޭލުގައި ހުންނަ ބައިތަކަށް ބަލާއިރު، ފައިބަރު ގިނަ އަދަދަކަށް އެކުލެވިގެންވެއެވެ. މިއީ ހަޖަމުކުރުމުގެ ނިޒާމުގެ ތެރެއިން ކާއެއްޗެހި ދަތުރުކުރުމަށް އެހީތެރިވެދީ، ބަނޑުގެ ހަރަކާތްތައް ރަނގަޅުކޮށްދޭ އެއްޗެކެވެ.
ހިތުގެ ދުޅަހެޔޮކަމާއި، ޕޮޓޭސިއަމް ގިނަ އަދަދަކަށް އެކުލެވިގެންވެއެވެ. މިއީ ލޭގެ ޕްރެޝަރު ރެގިއުލޭޓްކޮށް، ލޭހޮޅިތަކުގެ ފާރުތަކަށް ލުޔެއް ހޯދައިދޭ އެއްޗެއްވެސް މެއެވެ.
މީގެ ސަބަބުން ހިތުގެ ބަލިތަކާއި ސްޓްރޯކް ޖެހުމާއި ހައިޕަޓެންޝަން ގެ ނުރައްކާ ވެސް ކުޑަކޮށްދެ އެވެ.
ހަކަތަ އިތުރުކުރުކޮށް ކާބޯހައިޑްރޭޓްސް އެކުލެވިގެންވާ ފައިދާހުރި މޭވާއެއްވެސް މެއެވެ.
މި މޭވާގެ ސަބަބުން ހަށިގަނޑަށް ބޭނުންވާ ހަކަތަ ލިއްބައިދޭއެވެ. މީގެ އިތުރުން ކާބޯހައިޑްރޭޓްސް އާއި ޕްރޮޓީން މެޓަބޮލައިޒް ކުރުމަށް އެހީތެރިވެދެއެވެ. މި މޭވާގައި ވިޓަމިން ބީ 6 ވެސް އެކުލެވިގެންވެއެވެ.
ކަށީގެ ދުޅަހެޔޮކަން އިތުރުކޮށް އުމުރަށް އަންނަ ބަދަލާއެކު ވަރުދެރަވަމުންއަންނަ ކަށިތަކަށް ވަރުގަދަވެއެވެ. މިއީ ހަށިގަނޑަށް ކެލްސިއަމް އިތުރުވެ ކަށީގެ ދުޅަހެޔޮކަން ރަނގަޅުކޮށްދޭ އެއްޗެކެވެ.
ހަންގަނޑު އޮމާންވެ، ހަންގަނޑު ރީތިކޮށް ދެއެވެ.

