ވޭތުވެދިޔަ ހަފުތާގައި އެމްއެންޑީއެފް ކޯސްޓްގާޑުން ވަނީ ޞިއްޙީ އަވަސް ފަރުވާ ދިނުމަށް ބަލިމީހުން އުފުލުމުގެ 55 މެޑިކަލް އިވެކުއޭޝަން ހަދައިދީފަައި ކަމަށް މޯލްޑިވްސް ޑިފެންސް ފޯސް (އެމްއެންޑީއެފް)ން ބުނެއެވެ.
ނިމުނުމަހު 15 އާއި ހަމަޔަށް އެމްއެންޑީއެފް ބުނީ ކޯސްޓްގާޑުން ވަނީ ޞިއްޙީ އަވަސް ފަރުވާ ދިނުމަށް ބަލިމީހުން އުފުލުމުގެ 36 މެޑިކަލް އިވެކުއޭޝަން ހަދައިދީފަކަމަށެވެ. މިއި އޭގެ ފަހުން މެޑިކަލް އިވެކުއޭޝަން ހެދުނު އަދަދު ކަމަށެވެ.
ބަލިމިހުންނަށް އަވަސްފަރުވާ ދިނުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާކަމެކެވެ. އެގޮތުން އެއާއެމްބިއުލާންސްގެ ޚިދުމަތް ތައާރަފްކޮށް ސީޕްލޭން ތަޢާރަފުކުރެވުނީ މި އަހަރު މާރިޗް މަހުގެ 15 ވަނަ ދުވަހުއެވެ. މުޅިން އަލަށް ފަށާފައިވާ އެއާ އެމްބިއުލާންސުގެ ޚިދުމަތުގެ ސީޕްލޭންއިން ފުރަތަމަ ފަހަރަށް ބަލިމީހަކު އަތޮޅުތެރެއިން މާލެ އަށް ގެނެސްފައިވަނީ މާރިޗް މަހުގެ 19 ވަނަ ދުވަހުއެވެ.
އެހެންކަމުން ސީޕްލޭންގައި ރާއްޖޭގެ ކޮންމެ ރަށެއްގައި ދިމާވާ ސިއްޚީ ކުއްލި ހާލަތަކުން އަވަސްފަރުވައަށް ވަރަށް އަވަހަށް މާލެ އާދެވެއެވެ. އަދި ހާލު ބޮޑުވާ ބަލިމީހަކު އެކަޝީގެންވާ ފަރުވާދެވޭ ތަނަކަށް ގެންދިއުމުގެ ޚިދުމަތް ދޭނެ އިންތިޒާމުވަނީ ހަމަޖައްސާފައެވެ. އެ ޚިދުމަތް ދިނުމަށްޓަކައި އެއަރ އެމްބިއުލާންސަށް ހާއްސަކޮށް 15 މުވައްޒަފުން ވަނީ ތަމްރީން ކޮށްފައިވާ ކަމާށާއި އޭގެ ތެރޭގައި ޑޮކްޓަރުންނާއި ނަރުހުން ހިމެނޭ ކަމަށްވެސް ވަނީ ބުނެފައެވެ.

