ބައެއް ޓެކްސީ ޑްރައިވަރުން ކުރިއަށް ގެންދިޔަ މުޒާހަރާގައި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅި މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
\މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ކ. މާލެ، ނާދީމަންޒިލް، މިސްބާހް ޝަރީފް (31 އަހަރު) އެވެ. މިސްބާހު ހައްޔަރުކޮށްފައިވަނީ 11 ޑިސެންބަރު 2024 ވަނަ ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ މުޒާހަރާގައި އާންމު ދަތުރުފަތުރަށް ހުރަސްއަޅައި، މަގު ބްލޮކްކޮށް، އަދި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅާފައިވާތީ ކަމަށް ފުލުހުން ބުނެފައިވެއެވެ.
މި މުޒާހަރާ ފެށުނީ ބުދަ ދުވަހުގެ ހަވީރުއެވެ. މުޒާހަރާގެ ބައިވެރިން ވަނީ ޓްރާންސްޕޯޓް މިނިސްޓަރު އަމީން އިސްތިއުފާ ދިނުމަށް ގޮވާލައި، ސަރުކާރުން ފަށަން އުޅޭ ޓެކްސީ ފްލީޓް ހުއްޓާލުމަށް އެދިފައެވެ. އޭގެ ފަހުން ޓެކްސީ ޑްރައިވަރުން ހުޅުމާލެ ފަޅިން ބްރިޖަށް އަރާ ހަލިމަގު (ހައިވޭ) ބަންދުކޮށް، އާންމު ދަތުރުފަތުރަށް ހުރަސްއަޅައި މުޒާހަރާ ކުރިއަށް ގެންދިޔައެވެ.
ފުލުހުން މިހާރު ގެންދަނީ އިތުރު މަޢުލޫމާތު ލިބުމުން އާންމުކުރާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

