ގއ މާމެންދޫ އަންހެނުންގެ ތަރައްގީއަށ މަސައްކަތް ކުރާ ކޮމިޓީ އިން އެރަށުގެ އަންހެނުންނަށް ހާއްސަ ކަސްރަތު ޕްރޮގްރާމެއް ފަށައިގެން ކުރިއަށް އެބަ ގެންދެއެވެ. މި ކަސްރަތު ޕްރޮގްރާމާ ބެހޭ ގޮތުން ހުވަދޫ މީޑިއާ އަށް މައުލޫމާތު ދެމުން ގއ މާމެންދޫ އަންހެނުންގެ ކޮމެޓީގެ ރައީސާ ޝީލާ މޫސާ ބުނި ގޮތުގައި މި ކަސްރަަތު ޕްރޮގްރާމު ކުރިއަށް ގެންދަނީ ހުރިހާ ވައްތަރެއްގެ ކަސްރަތެއް ވެސް ހިމެނޭހެން 3 ބަޔަކަށް ބަހާލައިގެންނެވެ. އެގޮތުން މޫދު ކަސްރަތާއި އިންޑޯ އަދި އައުޓްޑޯ ކަސްރަތު ހިމެނޭ ކަމަށެވެ. އިންޑޯ ކަސްރަތުގައި ޒުމްބާ ގެންދާއިރު އައުޓްޑޯގައި ބޫޓް ކޭމްޕް ކަސްރަތުތަކެއް ގެންދާއިރު ދެން ގެންދަނީ ހަފުތާ ބަންދުތެރޭގައި މޫދު ކަސްރަތު ކަމަށްވެސް ޝީލާ ބުންޏެވެ.
ކޮންމެ ދުވަހަކުވެސް އޮންނަނީ 3 ކުލާހެވެ. އިންޑޯ ހޯލުގެ ޖާގަ ދަތިވެފައި ބައިވެރިން ގިނަ ކަމުން އިންޑޯ ކުލާސް ބާއްވަނީ ދެ ސެޝަނަކަށް ބަހާލައިގެންނެވެ. އެހެންކަމުން ދުވާލުގެ ދެ ކުލާހެއް ބޭއްވުމަށްފަހު ރޭގަނޑު ހުރިހާ ބައިވެރިންނާއެކު ޓާފް ދަނޑުގައި އައުޓްޑޯ ކުލާސް ބާއްވަނީ ކަމަށްވެސް ޝީލާ ވަނީ ބުނެފަައެވެ. އަދި ހަފުތާ ބަންދުގައި ބާއްވަނީ އައުޓްޑޯ ކުލާހާއި މޫދު ކަސްރަތެވެ.

ކަނބަލުންނަށް އަމާޒުކޮށް ކުރިޔަށްގެންދާ ކަސްރަތު ޕްރޮގްރާމ ހިންގުމަށް ގެނެވުނު ޓްރެއިނަރ އަށް މަރުޙަބާ ކިޔުން/ ފޮޓޯ:ޝީލާ
"އެގޮތަށް ގެންދަނީ، މައުލޫމާތު ދެނީ ކުލާސް ނިންމާލުމަށް ފަހު ބައިވެރިންގެ ސުވާލުތަކަށް ޖަވާބު ދީ، ކެއުންތަަކާ ބެހޭ ގޮތުން ބުނެދިނުމަށާއި ހެލްތީ ލައިފްސްޓައިލްގެ މައުލޫމާތު ދިނުމަށާއި ހުރިހާ އެންމެން އެކުގައި ކަންކަން ހިއްސާކޮށްލުމަށް، ގާތްގަނޑަކަށް ހަމަ ކޮންމެ ދުވަހަކުވެސް 15 ވަރަކަށް މިނެޓް އެންމެން އެކުގައި ވާހަކަ ދައްކައި، ކަންކަން ހިއްސާކޮށްލުމަށް ބާއްވަން،" ޝީލާ ކިޔައިދިނެވެ.

ކަނބަލުންނަށް އަމާޒުކޮށް ކުރިޔަށްގެންދާ ކަސްރަތު ޕްރޮގްރާމުގެ ތެރެއިން/ ފޮޓޯ:ޝީލާ
ޖުމްލަ 54 ބައިވެރިންނާއެކު ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި ކޮންމެ ހަފުތާ ބަންދެއް ހާއްސަކޮށްފައި ވަނީ މޫދު ކަސްރަތު ކުލާހެވެ. ކޮންމެ ހުކުރު، ހޮނިހިރު ދުވަހު ފަތިހު މޫދުކަސްރަތު އަދި ރޭގަނޑު އައުޓްޑޯ ކަސްރަތު ކަމަށެވެ.
މި ޕްރޮގުރާމުގައި ބައިވެރިވެފައިވާ މީހުންގެ ތެރޭގައި އެންމެ ގިނައީ ޅަޒުވާނުން ކަމަށާއި 19 އަހަރާއި 20، 22 އަހަރު ގެ ޒުވާނުން ހިމެނޭ ކަމަށާއި 50ހުން މަތީގެ މީހުން ވެސް ހިމެނޭ ކަމަށް ޝީލާ ބުންޏެވެ.
މިޕްރޮގުރާމު ނިންމާލުމަށް ހަމަޖެހިފައި ވަނީ 22 ވަނަ ދުވަހުގެ ރޭގަނޑު ބާއްވާ ހާއްސަ ރަސްމިއްޔާތަކުންނެވެ.

ކަނބަލުންނަށް އަމާޒުކޮށް ކުރިޔަށްގެންދާ ކަސްރަތު ޕްރޮގްރާމުގެ ތެރެއިން/ ފޮޓޯ:ޝީލާ
15 ދުވަހުގެ ޕްރޮގްރާމެއް ވީމަ، މިވަރު މަދު ދުވަސްކޮޅެއްގެ ތެރޭގައި ބަރުދަން ހުންނަން ވާ ވަރަށް ލުއިކުރުމެއް ނޫނެއް، އެއީ މިވަރުގެ ކުޑަ މުއްދަތެއްގެ ތެރޭގައި ކުރެވޭނެ ކަމެއްނޫން، މިޕްރޮގްރާމުގެ މަގުސަދަކީ އެއްވެސް ހާލެއްގައި އެގޮތަށް ބަރުދަން ލުއި ކުރުވުމެއް ނޫން. އެކަމަަކު ބަރުދަން ހުންނަންވާ ވަރަށް ބެހެއްޓުމަށްޓަކައި، އެހީތެރިވުމާއެކު އެކަމަށް މަގުފަހި ކުރާނެ ގޮތްތައް ބުނެދިނުން، މި 15 ދުވަސް ތެރޭގައި އެމައުލޫމާތުތައް ބުނެދިނުން، ކެއުން ބަހައްޓާނެ ގޮތާއި، ސްޓްރެސް މެނޭޖުކުރާނެ ގޮތާއި އަދި ބަރުދަން ލުއިކޮށް އެއްމިންގަނޑެއްގައި ހިފަހައްޓާނެ ގޮތާއި އަދި ކަސްރަތު ކުރާނެ އެންމެ ރަނގަޅު ގޮތާއި މިފަދަ ހެލްތީ ލައިފްސްޓައިލްގެ ގޮތްތައް ކިޔައިދީ، އެކަންކަމަށް ބައިވެރިން ހޭނުވުން، މިޕްރޮގުރާމުގެ މަގުސަދަކީ، މި ނިމުނު ހޮނިހިރު ދުވަހުވެސް ބައިވެރިންނަށް ހާއްސަކޮށްގެން ބައިވެރިންނަށް އަމަލީ ގޮތުން ތަޖުރިބާ ކުރުމުގެ ގޮތުން އިވެންޓެއް ބޭއްވުނު، ފައިދާ ހުރި ކާނާ ތައްޔާރު ކުރާނެ ގޮތް، ސިއްހަތަށް ފައިދާ ހުރި މޭވާއާއި ތަރުކާރީއާއި ބިހާއި މަހާއި އޯޓްސް އާ މިބައިތައް 7 ގްރޫޕަށް ބަހާލައިގެން އައިޓަމްތަކުން އެެއްޗެހި ތައްޔާރު ކުރާނެ ގޮތް ކިޔައިދީ، އެބައިވެރިން އަމިއްލައަށް ކާނާ ތައްޔާރު ކޮށް، ވަރަށް ފުރިހަމައަށް އެއިވެންޓު ކުރިއަށް ގެންދިޔައީ، އެއިވެންޓު ޝަރަފުވެރިކޮށްދެއްވުމަށް މިރަށުގެ އުމުރުން ދުވަސްވީ ބޭފުޅުންނާއި މި ޕްރޮގްރާމުގައި ބައިވެރިނުވެ ތިބި ބޭފުޅުންނަށް ދައުވަތު ދީގެން، އެބޭފުޅުންނަށްވެސް ހެލްތީ ލައިފްސްޓައިލް އާއި ހެލްތީ ކެއުމުގެ މުހިންމުކަން ބުނެދިނުމަށް، އެ ބޭފުޅުންވެސް ހިމަނައިގެން އެ އިވެންޓު ނިންމާލީ ވަަރަށް ކާމިޔާބުކަމާއެކުގައި،"

ކަނބަލުންނަށް އަމާޒުކޮށް ކުރިޔަށްގެންދާ ކަސްރަތު ޕްރޮގްރާމުގެ ތެރެއިން/ ފޮޓޯ:ޝީލާ
ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް އެކަށީގެންވާ މިންވަރަށް ކެއިން ބުއިން މިންހަމަ ގޮތެއްގައި ބެހެއްޓުމާއި ކަސްރަތު ގަވާއިދުން ކުރުމާއި ގަވާއިދުން ނިދުން ފަދަ އާދަތައް ދިރިއުޅުމުގެ ވައްޓަފާޅީގައި އަށަގެންނެވުމުގެ މަގުސަދުގައި ކުރިއަށް ގެންދާ މި ޕްރޮގުރާމު ކުރިއަށްދަނީ ވަރަށްވެސް ކާމިޔާބު ކަމާއެކުގައި ކަމަށާއި މިވަރުގެ ބޮޑު ކަމެއް ކުރިއަށް ގެންދިއުމުގައި އެތައް ބައެއްގެ އެހީ ލިބުނު ކަމަށް ބުނެ ޝީލާ ވަނީ އެކަމުގައި އެހީވި އެންމެނަށްވެސް ޝުކުރު ދަންނަވާފައެވެ.

ކަނބަލުންނަށް އަމާޒުކޮށް ކުރިޔަށްގެންދާ ކަސްރަތު ޕްރޮގްރާމުގެ ތެރެއިން/ ފޮޓޯ:ޝީލާ"
ގއ މާމެެންދޫ ސުކޫލުގެ އިސްވެރިން ފާހަގަކޮށްލަން ބޭނުންވޭ، ބައިވެރިން އެހީތެރިވޭ، ކޮންމެ ކަމެއްގައިވެސް އިވެންޓެއް ވިޔަސް ކޮންމެ މޫސުން ތަންނުދީގެން ކުލާހަށް ބަދަލެއް ގެންނަން ޖެހުނަސް ލިބެމުންދާ އެއްބާރުލުމާއި ކައުންސިލުން ދޭ އެެއްބާރުލުމާއި ރަށުގެ އެހެނިހެން އާންމުންގެ ފަރާތުންވެސް ލިބެމުންދާ އެއްބާރުލުމަށް ހަމަ ވަރަށް ޝުކުރުވެރިވަން، އެންމެ ފާހަގަކޮށްލެވޭ ހާއްސަ ޝުކުރެއް ދަންނަވާލަން ބޭނުންވޭ، ވަރަށް ބިޒީކޮށް އުޅުއްވަމުންވެސް އަޅުގަނޑުމެންނަށް މި ޕްރޮގުރާމު ކުރިއަށް ގެންގޮސް ދެއްވުމަށްޓަކައި ދުރުވީތީވެ، މި ޕްރޮގުރާމުގެ އިންސްޓްރަކްޓަރ ވަގުތުކޮޅެއް ހުސްކޮށްގެން މިރަށަށް ވަޑައިގެން ތިކޮށްދެއްވި މަސައްކަތް، މި ޕްރޮގްރާމު ހިންގާ، މުހިންމު މައުލޫމާތު ހިއްސާކޮށްދެއްވައި މިރަށުގެ އަންހެންކަނބަލުންނަށް ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް އެހީތެރިވުމުގެ ގޮތުން ތިކޮށްދެއްވި ހުރިހާ ކަމަކަށްވެސް ޝުކުރުދަންނަވަން، އަޅުގަނޑުގެ އަމިއްލަ ނަމުގައާއި ޕްރޮގުރާމުގެ ހުރިހާ ބައިވެރިންގެ ނަމުގައި އައިމިނަތު ނަޝީދާ އަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން،" ޝީލާ ބުންޏެވެ.

