ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އދ. ދަނގެއްޗަށް ވަޑައިގަތުމުން އެރަށުގެ ރައްޔިތުން ވަނީ އެމަނިކުފާނަށް ދިވެހިދިދައިގެ ފެއްސާއި ރަތާއި ހުދުގެ ހޫނު މަރުޙަބާއެއް ދަންނަވައިފިއެވެ. ރައީސް އެރަށަށް ވަޑައިގަތުމާއެކު ގިނަ ޢަދަދެއްގެ ރައްޔިތުން ވަނީ ބަނދަރު ސަރަހައްދަށް އެއްވެ، އުފާވެރި މަންޒަރުތަކެއް ދައްކުަކެއް ދައްކުވައިދީފައެވެ.
މިއީ ރައީސް މުޢިއްޒު އަރިއަތޮޅަށް ކުރައްވާ ދެ ދުވަހުގެ ދަތުރުފުޅުގެ ފުރަތަމަ މަންޒިލެވެ. މި ދަތުރުފުޅުގައި ދަނގެތީގެ އިތުރުން މަހިބަދޫ އަދި އޮމަދޫއަށްވެސް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. އަދި އަރިއަތޮޅު ދެކުނުބުރީގެ އެކި ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާވެސް ބައްދަލުކުރައްވާނެ ކަމަށް ވެއެވެ.

ރައީސް ޑރ. މުއިއްޒު، އދ. ދަނގެއްޗަށް ވަޑައިގަތުމުން ހޫނު މަރުހަބާއެއް ދަންނަވަނީ/ ފޮޓޯ: ރައީސްއޮފީސް-އެކްސް
މި ދަތުރުފުޅަކީ ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާއި ރަށްތަކާއި ސިޓީތަކުގެ ލޯކަލް ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފައްޓަވާފައިވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރެއިން އެއް ދަތުރުފުޅެވެ. މި ދަތުރުފުޅުތަކުގައި ރައީސް މުޢިއްޒު ވަނީ މިހާތަނަށް 185 ކައުންސިލަކާ ބައްދަލުކުރައްވާފައެވެ.

ރައީސް ޑރ. މުއިއްޒު، އދ. ދަނގެއްޗަށް ވަޑައިގަތުމުން ހޫނު މަރުހަބާއެއް ދަންނަވަނީ/ ފޮޓޯ: ރައީސްއޮފީސް-އެކްސް
ރައީސްގެ މި ދަތުރުފުޅުގެ މައިގަނޑު މަޤްޞަދަކީ ރައްޔިތުންގެ ހާލު ބެއްލެވުމާއި، އެމީހުންގެ އެންމެ ބޮޑު އެދުންތައް ދެނެގަތުމާއި، އަދި ތަރައްދި ތަރައްޤީގެ މަޝްރޫޢުތައް ތަރުތީބުކުރާނެ ގޮތާމެދު މަޝްވަރާކުރެއްވުމެވެ. މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ވަޒީރުންނާއި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.

