ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަރިއަތޮޅު ދެކުނުބުރީ މާންދޫ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވައި، ރަށުގެ ތަރައްގީއަށް ކުރިއަށްދާ މަޝްރޫއުތަކާއި މުޖުތަމައުގެ މުހިންމު ކަންބޮޑުވުންތަކާ ބެހޭގޮތުން މަޝްވަރާކުރައްވައިފިއެވެ.
މި ބައްދަލުވުން ބޭއްވުނީ އަރިއަތޮޅު ދެކުނުބުރީ ދަނގެތީ ކައުންސިލްގެ ސެކްރެޓޭރިއެޓްގައެވެ.

އަރިއަތޮޅު ދެކުނުބުރީ ދަނގެތީ ކައުންސިލް، އތމ ކޮމިޓީއާއި ރައީސް ޑރ މުއިއްޒު ބައްދަލުވުން/ ފޮޓޯ:ރައީސްއޮފީސް-އެކްސް
ބައްދަލުވުމުގައި ރައީސް ޑރ މުއިއްޒު، މާންދޫގެ ތަރައްގީގެ މަޝްރޫއުތަކުގެ ކުރިއެރުމާއި ރައްޔިތުންނަށް ދިމާވެފައިވާ ގޮންޖެހުންތަކާ ބެހޭގޮތުން ސުވާލުކުރައްވައި، އިތުރު މައުލޫމާތު ހޯއްދެވިއެވެ.
ރައީސް ޑރ މުއިއްޒު ވިދާޅުވީ މި ކަންބޮޑުވުންތަކަށް އަވަސް ހައްލެއް ހޯދުމަށް ސަރުކާރުން މަސައްކަތްކުރައްވާނެ ކަމަށެވެ.
މި ދަތުރުފުޅުގައި ރައީސް ޑރ މުއިއްޒުއާއެކު ސަރުކާރުގެ އިސް ބޭފުޅުންނާއި ރައީސް އޮފީހުގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

