އަރިއަތޮޅު ދެކުނުބުރީ ދަނގެތީ ކައުންސިލްގެ އިދާރާގައި މިއަދު ބޭއްވުނު ބައްދަލުވުމެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ފެންފުށީގައި ކުރިއަށްދާ ތަރައްޤީގެ މަޝްރޫޢުތަކާއި، ރަށުގެ ރައްޔިތުން ދިމާވެފައިވާ މުހިންމު މައްސަލަތަކާ ބެހޭގޮތުންނެވެ. މީގެ އިތުރުން، ރަށުގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީއަށް ބޭނުންވާ ކަންކަމާ ގުޅޭގޮތުންވެސް ވަނީ މަޝްވަރާކުރެވިފައެވެ.
ބައްދަލުވުމުގައި ފެންފުށީ ކައުންސިލުން ރަށުގެ ތަރައްޤީއަށް ކުރަމުންދާ މަސައްކަތްތަކާއި ކުރިމަގުގެ ޕްލޭންތައް ރައީސް މުޢިއްޒަށް ހިއްސާކުރިއެވެ.
މި ބައްދަލުވުމަކީ ރައީސް މުޢިއްޒުގެ އަރިއަތޮޅު ދެކުނުބުރީގެ ދަތުރުފުޅުގެ ތެރެއިން ބޭއްވުނު ބައްދަލުވުމެކެވެ. މި ދަތުރުފުޅުގައި ރައީސް ވަނީ އެ އަތޮޅުގެ އެކި ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވާފައެވެ.

