އިމާމުން ތަމްރީނު ކުރުމުގެ ޤައުމީ މަޝްރޫޢުގެ ފަހު ބެޗް މިއަދު ފަށައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ރާއްޖޭގެ ހުރިހައި އިމާމުން ތަމްރީނު ކުރުމުގެ ޤައުމީ މަޝްރޫޢުގެ އެންމެ ފަހު ބެޗް ( މާލެ ސިޓީ އިމާމުން/ ޚަޠީބުން) ގެ ތަމްރީނު މިއަދު ވަނީ ފެށިފަ ކަމަށެވެ. މި ބެޗްގެ ތަމްރީނު ނިމުމާއެކު 2024 ގައި ޕްލޭން ކުރި ގޮތައް މިއަހަރުގައި ރާއްޖޭގެ އެންމެހައި މިސްކިތްތަކުގެ އިމާމުން ތަމްރީނުކޮށް ނިމުނީ ކަމަށެވެ.
“އިމާމުން ތަމްރީނު ކުރުމުގެ ޤައުމީ މި މަޝްރޫޢުގެ ދަށުން 818 އިމާމުން މިއަހަރު ވަނީ ތަމްރީނު ކުރެވިފަ. މި ތަމްރީނު ގައި، ފިޤުހާއި، ހަދީސް، ތަފްސީރު، މުޖުތަމަޢު ބިނާކުރުމުގައި މިސްކިތްތަކުގެ ދައުރާއި، އިމާމުންނާ ބެހޭ ވަޒީފާގެ ޤަވާޢިދުތައް މި ފަދަ ދާއިރާތަކުން އާ މައުލޫމާތާއި ތަމްރީނު ދެވިފައިވާނެ” އިސްލާމިކް މިނިސްޓްރީ
އިސްލާމިކް މިނިސްޓްރީން ބުނީ ކޮންމެ އަހަރެއްގަވެސް އިމާމުން ތަމްރީނު ކުރެވޭނެ ކަމަށެވެ. އެގޮތުން މި އަހަރުވެސް އެއް ހާހާއި ގާތްކުރާ އަދަދަށް ތަމްރީން ކުރެވުނީ ކަމަށެވެ.

