މުރަނގަފަތަކީ ސިއްޙީ ގޮތުން ވަރަށް ގިނަ ފައިދާތަކެއް އެކުލެވޭ ފަތެކެވެ. އެހެންކަމުން މިފަތް ކޮންމެހެން ވެސް ބޭނުންކުރަންޖެހެއެވެ. މުރަނގަފަތުން ތަފާތު ވައްތަރުގެ ކާތަކެތި ތައްޔާރުކުރެވެއެވެ. އާންމު ގޮތެއްގައި މުރަނގަފަތުން ތަފާތުވައްތަރުގެ ކާތަކެތި ތައްޔާރުކުރެވޭއިރު، ގިނަ ގޭގެ މޭޒުމަތި ފަޅުފިލުވަނީ ތެލުލި މުރަނގަފަތުންނެވެ. ގަރުދިޔައާއި ރިހާކުރާއި ބަތް ނުވަތަ މަސްދަޅާއި ބަތް ކެއި ކަމަށްވީނަމަވެސް ތެލުލި މުރަނގަފަތް ވަރެއް ނޯއެވެ. ނަމަވެސް ތެލުލުމުން ސިއްހީގޮތުން ލިބޭ ފައިދާ ކުޑަވެއެވެ.
މުރަނގަފަތުން ސިއްހީ ފައިދާތައް އިތުރުވާއިރު ރިހަ އަށް މިފަތް ބޭނުންކޮށްގެން ކައްކާލުމުން، އާދަޔާ ޙިލާފު ހެޔޮވަރު ރަހައެއް ސުފުރާ މަތިން ފެންނާނެއެވެ. ސަބަބަކީ ގިނަބަޔަކަށް މީރުވެފަ ދެވަނަ ފަހަރަށްވެސް ބޭނުންވާތީއެވެ. ނިކަން މިއަދު ހެނދުނ މުރަނގަފަތު ރިހަ ކައްކާފަ ފިރިމީހާއަށް ކާންދޭން ވަރަށް ރަނގަޅުވާނެއެވެ. ހެނދުނު ސައި 9 އެއް ޖަހަންދެން ތައްޔާރުކުރެވޭއިރު މުރަނގަފަތު ރިހައިގެ އަސަރުގަދަ ރަހަގަނޑު ދައްކާލަންޖެހޭނެއެވެ.

ދެން މިއަށްފަހު މިބަލާލަނީ މުރަނގަފަތުން ލިބޭ ފައިދާތަކަށެވެ.

މުރަނގަފަތް
އެގޮތުން މުރަނގަ ފަތަކީ ވިޓަމިން، މިނަރަލްސް، ޕްރޮޓީން، ފައިބާ އަދި އެންޓިއޮކްސިޑެންޓްސް އިން މުއްސަނދި ވެފައިވާ ފަތެކެވެ. އޭގެ ތެރޭގައި ޕޮޓޭސިއަމް އަދި ވިޓަމިން ސީ އެކުލެވިގެންވެއެވެ.
ހަޖަމުކުރުމަށްވެސް މުރަނގަފަތަކީ ހަމަ އެއްވަންއެވެ. ހަޖަމުކުރުމަށާއި ބަނޑުހަރުނުވެ އެއްގޮތެއްގައި ހިފެހެއްޓުމށް އެހީތެރިވެދެއެވެ. އޭގެ ތެރޭގައި ފައިބަރު ތައް އެކުލެވިގެންވާ އިރު، މިއީ ހަޖަމުކުރުމަށް އެހީތެރިވެދޭ އެންމެ ފައިދާހުރި ފަތެވެ.
މުރަނގަ ފަތްތަކުގައި ހަށިގަނޑުގައި އިންފްލެމޭޝަން ކުޑަކުރުމަށް އެހީތެރިވެދެއެވެ. މިއީ އާތުރައިޓިސް ފަދަ ބަލިތަކަށް ވެސް އެހީވެދޭ ފަތެކެވެ.
ކޮލެސްޓްރޯލް މެނޭޖްމަންޓްކުރެވުމާއި މުރަނގަ ފަތަކީ އެލްޑީއެލް ކޮލެސްޓްރޯލް ލެވެލް ދަށްކޮށް، އެޗްޑީއެލް ލެވެލް މަތިކުރުމަށް އެހީތެރިވެދޭ އެއްޗެކެވެ. މިއީ ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަކޮށްދޭނެ ކަމެކެވެ.
ހަންގަނޑާއި އިސްތަށިގަނޑަށްވެސް މުރަނގަ ފަތުން ފައިދާތަކެއް ލިބެއެވެ. ހަންގަނޑާއި އިސްތަށިގަނޑު ރައްކާތެރިކޮށް އެހީތެރިވެދޭ އެއްޗެކެވެ. މީގެ އިތުރުން އިސްތަށިގަނޑުގެ ފޮލިކަލްތައް އެކްޓިވޭޓްކޮށް، އިސްތަށިފޭބުން ކުޑަކޮށްދެއެވެ.
ލޮލުގެ ދުޅަހެޔޮކަމަށް ވެސް މިއީ ވަރަށް ގިނަ ފައިދާތައް އެކުލެވޭ ފަތެކެވެ. މުރަނގަ ފަތަކީ ލޮލުގެ ބަލިތަކަސްވެސް އެހީތެރިވެދޭ އެއްޗެކެވެ.
އަދި ލިވާގެ މައްސަލަތައް ވެސް މުރަނގަ ފަތާއެކު މައްސަލަ ކުޑަކޮށްދެއެވެ.

