ހެލްމެޓް އަޅައިގެން ތިބި ބަޔަކު ކެފޭއަކަށް ވަދެ މާރާމާރީ ހިންގައިފިއެވެ.
ފުލުހުން ބުނީ ސައިކަލެއްގައި އައި ހެލްމެޓް އަޅައިގެން ތިބި ބަޔަކު، މުނިޔާމަގު ދިރިޕަބްލިކް ކެފޭ ތެރެއަށް ވަދެ މާރާމީރީ ހިންގި މައްސަލަ 2024 ޑިސެންބަރު 14 ވަނަ ދުވަހުގެ ރޭ ފުލުހުންނަށް ރިޕޯރޓްކޮށްފައިވާ ކަމަށެވެ.
"06 މީހަކު ސައިކަލްގައި އައިސް، ޝަހީދުކުޑަނެވި ތުއްތުމަނިކު ހިނގުން، ކިންޒާ ކެފޭ ކުރިމަތީ ތޫނުހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގާފައިވާ މައްސަލަ ރޭ ފުލުހުންނަށް ރިޕޯރޓްކޮށްފައިވޭ." ފުލުހުން
އަދި ފިލިގަސްމަގު ނޫރު މިސްކިތް ކައިރީގައި ބަޔަކު މީހުން މާރާމާރީ ހިންގި މައްސަލަ 2024 ޑިސެމްބަރ 14 ވަނަ ދުވަހުގެ ރޭ ފުލުހުންނަށް ރިޕޯރޓްކޮށްފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.
މި މައްސަލަތައް ފުލހުން ގެންދަނީ ތަހުގީގު ކުރަމުން ކަމަށާއި، ޑިސެމްބަރ 12 ވަނަ ދުވަހު ހުށަހެޅުނު ލެޓްސްގޯ ކެފޭއަށް ބަޔަކު ވަދެ ގެއްލުންދިން މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން ކަމަށްވެސް ބުނެއެވެ. އަދި ތަހުގީގު ކުރިއަށް ދިޔަ މިންވަރަކުން އިތުރު ތަފްސީލް ހާމަކުރަމުން ގެންދާނެވާހަކަ ވެސް ވަނީ ބުނެފައެވެ.

