ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް)ގެ ފުވައްމުލައް ލަރނިންގ ސެންޓަރުގައި އެޑްވާންސްޑް ސެޓްފިކެޓް އިން ފެށިގެން ފީއެޗްޑީ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
އަތޮޅު ތެރޭގައި މަތީ ތަޢުލީމު ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ޤާޢިމުކޮއްފައިވާ މި ސެންޓަރުގައި، ޕީއެޗްޑީ އިން އެޑިޔުކޭޝަން، މަރސްޓަރ އޮފް ޕަބްލިކް އެޑްމިނިސްޓްރޭޝަން، ބެޗްލަރ އޮފް ލޯކަލް ގަވަރނެންސް އެންޑް އެޑްމިނިސްޓްރޭޝަން، ބެޗްލަރ އޮފް އިމާމް، ބެޗްލަރ އޮފް ޝަރީޢަރ އެންޑް ލޯ ވިތް އޮނާސް، އެޑްވާންސްޑް ސެޓްފިކެޓް އިން ޝަރީޢަރ އެންޑް ލޯ އަދި ޤުރުޢާން ހިފްޒްކުރުމުގެ ކޯސް ކުރިއަށްގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.
ފުވައްމުލަކުގެ ރައްޔިތުންނަށް ޚާއްސަކޮށް، ހުޅުވާލެވިފައިވާ މި ފުރުޞަތާއި ގުޅޭ އިތުރު މަޢުލުމާތު، އައިޔޫއެމްގެ ހޮޓްލައިން 1405 އަށް ގުޅުއްވައިގެން ނުވަތަ އީ-މެއިލް info@ium.edu.mv މެދުވެރިކޮށް ލިބޭނެ ކަމަށް މަތީ ތައުލީމާއި ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.

