ށ. މިލަންދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މުހިންމު މަސައްކަތެއް މިހާރު ވަނީ ނިމިފައެވެ.
12 މާރޗް 2020 ގައި އެއްބަސްވުމުގައި ސޮއިކޮށް އެ އަހަރުގެ ސެޕްޓެމްބަރު މަހުގައި އަމަލީ މަސައްކަތް ފެށި މި މަޝްރޫޢު އަމަލީ މަސައްކަތް ނިމި މިހާރު ކުރިއަށްދަނީ އިމާރާތް ކުރުމާއި ބިނާރާއި ބެހޭ ވުޒާރާއިން މި މަޝްރޫޢުގެ “ފައިނަލް އިންސްޕެކްޝަން” ހެދުމުގެ މަރުޙަލާއެވެ.
މި މަޝްރޫގެ އަގަކީ 156،477،632.23 ދިވެހި ރުފިޔާ އެވެ.
އެ މަޝްރޫއުގެ ދަށުން ޖުމްލަ 6.3 ކިލޯމީޓަރުގެ ދިގުމިން ހިމެނޭހެން ނުވަ މަގެއް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަސައްކަތް ހިމެނެ އެވެ.
މިލަންދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ ސްޓޯރމް ވޯޓަރ ނެޓްވޯކާއި ކޭބަލް ޖަންކް އަދި ސްޓޯމް ވޯޓަރ ޕަމްޕުތައް ހިމެނޭ ހެން ފެން ހިންދާ ނިޒާމާއެކުގައެވެ. އަދި ހުރިހާ މަގެއްވެސް ތަރައްޤީ ކުރެވިފައިވަނީ ތާރު އަޅައިގެންނެވެ.
އާރުޑީސީން ބުނީ ދުނިޔެއަށް ކުރިމަތިވި ކޯވިޑް-19 ގެ އާލަމީ ވަބާއާއި ގުޅިގެން މި މަޝްރޫއަށް ބޮޑެތި ލަސްތަކެއް ކުރިމަތިވި އެވެ. އަދި ށ. މިލަންދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރެވުނު ދުވަހަކީ ދިވެހި ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރި ދުވަަސްް ކަމަށާއި، އެކަމުގެ ސަބަބުން ކުންފުނިން ކުރިއަށް ގެންދާ މަޝްރޫއުތައް ހުއްޓާލަން މަޖުބޫރުވިއިރު، މިލަންދޫގެ މަގު ހެދުމުގެ މަޝްރޫޢު މަޑު ޖައްސާލަން ޖެހުނީ ދަތުރުފަތުރުގެ ގޮންޖެހުންތަކާއި ރަށްރަށަށް ދަތުރުކުރުން މަނާކުރުމުގެ ސަބަބުން ކަމަށެވެ.
އެ މަޝްރޫޢަކީ ރަށުގެ އިންފްރާސްޓްރަކްޗަރ ތަރައްޤީކޮށް، މަގުތަކުގެ ފެންވަރު ރަނގަޅުކުރުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތްތަކެކެވެ. މި މަސައްކަތްތައް ފުރިހަމަވުމުން، ރަށުގެ މަގުތަކުގެ ފެންވަރު ރަނގަޅުވެ، ފެންބޮޑުވުމުގެ
ށ. މިލަންދޫ މަގު ހެދުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ނިމިއްޖެ

