ބޭންކް އޮފް މޯލްޑިވްސްއިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ (އެމްއެންޔޫ) މެރަތަންގެ ފަޚުރުވެރި ޕްލެޓިނަމް ޕާޓްނަރުގެ ގޮތުގައި ހަމަޖައްސައިފިއެވެ.
މި މެރަތަން އަށް ބީއެމްއެލްގެ އެހީތެރިކަން ފޯރުކޮށްދީފައި މިވަނީ ހަރަކާތްތެރި ދިރިއުޅުމެއް އުޅުމަށް ހިތްވަރުދިނުމަށާއި މުޖުތަމަޢުގެ ރޫޙު އާލާކުރުމަށް ބޭންކުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުންކަމަށް ބިއެމްއެލްއިން ބުނެއެވެ.
އަދި ހަމައެހެންމެ އެމްއެންޔޫއިން އިސްނަގައިގެން ކުރިއަށްގެންދާ މުހިންމު މަސައްކަތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މުހިންމު މަގްސަދުގައި ކަމަށާއި، އެމްއެންޔޫ މެރަތަންގައި ކިޑްސް ޑޭޝް، 5 ކިލޯ މީޓަރު، 10 ކިލޯމީޓަރު، ހާފް މެރަތަން އަދި މެރަތަން ހިމެނޭ ކަމަށްވެސް ވަނީ ބުނެފައެވެ.
މި އިވެންޓުގެ މަގުދަސަކީ ޝައުޤުވެރިކަން ހުރި ރޭސްތަކެއްގެ ތެރެއިން ހުރިހާ އުމުރުފުރައެއްގެ މީހުންގެ މެދުގައި ހަށިހެޔޮ ދިރިއުޅުމުގެ މުހިންމުކަން ބުނެދިނުމާއި މުޖުތަމަޢުގެ ބައިވެރިވުން އިތުރުކުރުމާއި ކުޅިވަރުގެ ރޫހު ކުރިއެރުވުން ކަމަށާއި، މި އެމްއެންޔޫ މެރަތަން ބޭއްވުމަށް ހަމަޖެހިފައިވަނީ 2025 ވަނަ އަހަރުގެ ފެބްރުއަރީ މަ އަދި 21 ވަނަ ދުވަހު ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކަމަށް ބުނެފައި ވެއެވެ.

