ހއ. ތުރާކުނު މިސްކިތުގެ ވުޟޫކުރުމަށް ޙާއްސަކުރާބައިގެ ކޮންކްރީޓް މަސައްކަތް ނިމިއްޖެއެވެ.
އެމްޓިސީސީން ބުނީ ތުރާކުނު މިސްކިތް ބިނާކުރުމުގެ މަޝްރޫޢުގެ ދަށުން، ފިރިހެނުންނާއި އަންހެނުންނަށް ވުޟޫކުރުމަށް ޙާއްސަކުރެވިފައިވާ ދެ ސަރަޙައްދުގެ ކޮންކްރީޓް މަސައްކަތް މިހާރު ވަނީ ނިމިފައި ކަމަށެވެ.
އަދި، ސައިޓުގައި މިހާރު ކުރިއަށްދަނީ މިސްކިތުގެ ޝީޓު އަޅާ ސްލެބްގެ ޝަޓަރިންގ އަދި ބާބެންޑިންގ މަސައްކަތް ކަމަށެވެެސް ބުނެފައި ވެއެވެ. މިއީ އެއްފަހަރާ 300 މީހުންނަށް ނަމާދުކުރެވޭނެ ވަރުގެ ޖާގައިގެ މިސްކިތެކެވެ.
މިއީ 11.21 މިލިއަން ރުފިޔާ ސަރުކާރުން ޙަރަދުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.

