ދުނިޔޭގެ އެންމެ އުސްފަރުބަދައަކީ މައުންޓް އެވަރެސްޓެވެ. އުސްމިނުގައި 8،848 މީޓަރު ހުންނަ މި ފަރުބަދަ ހުންނަނީ ހިމަލަޔާ، ނޭޕާލް/ޓިބެޓް އޮޓޮނޮމަސް ރީޖަންގައެވެ. ޔަގީނުންވެސް މިއީ ދުނިޔޭގެ އެންމެ އުސް ފަރުބަދައެވެ. އެވަރެސްޓް ވަނީ ގިނަ ބައެއްގެ ސަމާލުކަމަށް އައިސްފަ އެވެ. މި ފަރުބަދަ ބަލާލުމަށް ދުނިޔޭގެ އެކިގައުމުތަކުން ދެއެވެ. ކޮންމެ އަހަރެއްގެ ވެސް ޗުއްޓީއާއި ދިމާކޮށް މީހުން ފުރާލާ އެއްސަރަހައްދަކަށް މި ސަރަހައްދު ވެގެންދެއެވެ.
ދެން ދުނިޔޭގެ އެންމެ ބޮޑު ފަރުބަދައަކީ އުސްމިނުގައި 8،611 މީޓަރު ހުންނަ ކޭ 2 ނަމުން ނަންދީފައިވާ ފަރުބަދައެވެ. އެ ފަރުބަދަ ހުންނަނީ ޕާކިސްތާން ގައެވެ. ދުނިޔޭގައި ދެވަނައަށް އެންމެ އުސް ފަރުބަދައަކީ ކޭ2 އެވެ. މި ފަރުބަދައަށް ނަން ލިބުނީ ގްރޭޓް ޓްރައިގޯނޮމެޓްރިކަލް ސާވޭ އޮފް ބްރިޓިޝް އިންޑިޔާއިން ބޭނުންކުރި ނޯޓޭޝަނުންނެވެ. ކޭ2 އަށް "ސެވެޖް މައުންޓަން" ގެ ނަމުން ވެސް ނަން ދީފައިވެއެވެ.

ދުނިޔޭގެ 2 ވަނަ އަށް އެންމެ އުސް ފަރުބަދަ ކޭ 2
ތިންވަނަ އެންމެ އުސްފަރުބަދައިގެ އުސްމިނުގަ ހުންނަނީ 8،586 މީޓަރު ހުރެއެވެ. މިތަން ހުންނަނީ ހިމާލަޔާ، ނޭޕާލް/އިންޑިއާ ފަޅީގައެވެ. އެވަރެސްޓް ފަރުބަދައަކީ ދުނިޔޭގައި ހުރި އެންމެ އުސް ފަރުބަދައަށްވާއިރު، ކޭ2 އަކީ ދެވަނައަށް އެންމެ ބޮޑު ފަރުބަދައެވެ. ކަންގްޗެންޖަންގާ އަކީ ދުނިޔޭގެ ތިންވަނައަށް އެންމެ އުސް ފަރުބަދައެވެ. އިންޑިއާގެ ނޭޕާލާއި ސިއްކީމްއާ ދެމެދު ހުންނަ އޭގެ ތެރެއިން ތިން ފަރުބަދަ އަކީ ބޯޑަރު ސަރަހައްދުގައިހުންނަ ފަރުބަދަތަކެކެވެ.

ދުނިޔޭޣެ އެންމެ ބޮޑޫ ތިން ވަނަ ފަރުބަދަ ކަންގްޗެންޖަންގ.
ދުނިޔޭގެ އެންމެ އުސް 10 ފަރުބަދައިގެ ލިސްޓުގައި ހިމެނޭ އެންމެ މަޝްހޫރު އެއް ފަރުބަދައަކީ ލޮޓްސް އެވެ. މި ފަރުބަދައިގެ އުސްމިނުގައި ހުންނަނީ 8،516 މީޓަރެވެ. ފަރުބަދަ ހުންނަނީ ހިމަލަޔާ، ނޭޕާލް/ޓިބެޓް އޮޓޮނޮމަސް ރީޖަން، ޗައިނާ ގައެވެ.

ދުނިޔޭގެ އެންމެ އުސް 10 ފަރުބަދައިގެ ލިސްޓުގައި ހިމެނޭ އެންމެ މަޝްހޫރު އެއް ފަރުބަދައަކީ ލޮޓްސް
މިއީ ދުނިޔޭގެ އެން އުސްފަރުބަދަތަކެވެ. މި ސަރަހައްދުތައްވަނީ ދުނިޔޭގެ އެންމެ ހާއްސަ އަދި ފަތުރުވެރިންގެ މަގްބޫލު މަންޒިލެއްގެ ގޮތުގައި ފާހަގަވެފައެވެ. ހިނި ވެސް އަރާ ފަރުބަދަނޑާލައެވެ. އެހެނަސް މިއީ ވަރުގަދަ ފަރުބަދަތަކެކެވެ.

