ކާނިވާ ސަރަހައްދުގައި އެމްޑީޕީން ބޭއްވި ޖަލްސާގައި “ތީ ބަޙުލޫލެކޭ” ލަވަ ކީ ދުވާފަރު ކައުންސިލް މެމްބަރު މަރިޔަމް ޔަޝްފާ ޕޮލިހަށް ހާޒިރުވާން އަންގައިފިއެވެ.
އޭނާ ފުލުހަށް ހާޒިރުވާން އެންގީ ފޯނުން ގުޅާފައި ކަމަށާއި، މިއަދުގެ ވަގުތެއްގައި ޗިޓު ހަވާލު ކުރާނެ ކަމަށް ފުލުހުން އަންގާފައިވާ ކަމަށް އޭނާ ބުނެފައިވެއެވެ.
އެ ޖަލްސާގައި ދެއްކި ވާހަކައަކާ ގުޅިގެން ކުރެވޭ ތުހުމަތަކަށް އޭނާ ފުލުހަށް ހާޒިރުކުރުމަށް އެންމެ ފުރަތަމަ ގުޅީ ދުވާފަރު ފުލުހުންކަމަށާއި، ކޮންކަމަކާތޯ ސުވާލުކުރުމުން ދެން ފަހުން ގުޅީ މާލޭ ފުލުހުންގެ އިދާރާއިން ކަމަށް އަދަދު ނޫހަށް މަޢުލޫމާތު ދެމުން ޔަޝްފާ ބުނެފައި ވެއެވެ.
ގާނޫނު އަސާސީގެ ދިފާއުގައި އެމްޑީޕީން ބޭއްވި ބޮޑު ޖަލްސާގައި އޭނާ ވަނީ މި ލަވަ ކިޔާފައެވެ. އަދި އޭގެ ފަހުން އޭނާ ވެފައިވަނީ އެމްޑީޕީ އާންމު މެންބަރުންގެ މެދުގައި މަޤުބޫލު ކެރޭ އަންހެން މެންބަރަކަށެވެ.
އަދި މީގެ އިތުުރުން، ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކަށް ދައުލަތުގެ އެހީ ހޯދުމަށް އެންސްޕާއަށް ލާންޖެހޭ ފޯމް، އެސްލޯނު ހޮޅިބުރިއެއްގައި ބަންދުކޮށް ޖަލްސާގައި ޕާޓީގެ ޗެއާޕާސަންއާ ޙަވާލުކުރުމަކީ ވެސް އޭނާއަށް މީހުންގެ ސަމާލުކަން ލިބިގެންދިޔަ ކަމަކަށް ވަނީ ވެފައެވެ.
މި ޖަލްސާގައި މި ސަރުކާރުން ގާނޫނު އަސާސީއާ ޚިލާފަސް ކުރިން ކަމެއް ދައްކާފައި ނުވެއެވެ. އެެހެންނަމަވެސް ރާއްޖެ އަށް ބޭނުންވާ މުހިންމު ކަންކަމަށް މި ސަރުުކާރުން ވަނީ އިސްލާހު ހުށަހަޅާފައެވެ. އެގޮތުން ސިގިރެޓް ޑިއުޓީ ބޮޑުކުރުމާއި ވޭޕް މަނާ ކުރުމާއި، ޑޮލަރު މާރު ކުރުން ފަދަ މުހިންމު ނިންމުންތަކެއް ވަނީ ނިންމާފައެވެ.

