ހއ. ހޯރަފުށީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ 70 އިންސައްތަ ނިމިއްޖެއެވެ.
އެމްޓީސީސީން ބުނީ ހޯރަފުށީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ދަށުން، ތިންވަނަ ބެރިއަރ އައިލެންޑް ހެދުމުގެ މަސައްކަތް މިހާރު ވަނީ 70 އިންސައްތަ ފުރިހަމަކުރެވިފަކަމަށެވެ.
އަދި، މިހާރު ކުރިއަށްދާ ޖިއޯބޭގް ޖެހުމުގެ މަސައްކަތުގެ 87 އިންސައްތަ ވަނީ ނިމިފައި ކަމަށްވެސް އެމްޓީސީސީން ބުނެފައި ވެއެވެ.

