އަންނަ އަަހަރުގެ ޖެނުއަރީ މަހުގެ 2 ވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހަމަޖައްސަވައިފިއެވެ.
މި ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސެވިކަން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމުގައެވެ.
ޖެނުއަރީ މަހުގެ 2 ވަނަ ދުވަހަކީ ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސެވީ މީލާދީ އާ އަހަރު ފެށޭ ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއް ކަމަށްވުމާއެކު، ކަލަންޑަރުގައިވާ ގޮތުން ޖަނަވަރީ 1 ވަނަ ދުވަސް ދިމާވަނީ ބުދަ ދުވަހަކާ ކަމަށްވުމުންނެވެ. އަދި ޖެހިގެން އަންނަ ޖަނަވަރީ 2 ވާ ބުރާސްފަތި ދުވަހަކީ، ރަސްމީ ދުވަހެއް ކަމަށްވާތީ، ހަފުތާބަންދަށް ލިބޭ ދެދުވަހާ ދެމެދު މެކެނޑުމެއްނައިސް، މުވައްޒަފުންނަށް 3 ދުވަހުގެ ޗުއްޓީއެއް ލިބޭގޮތަށް ހަމަޖައްސަވައި ދެއްވުމަށްޓަކައިކަމަށް ރައީސް އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

