މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ އާ ދައުރުގެ ރައީސް ކަމަށް ތިލަދުން އޮންލައިންގެ ހުސައިން ސަގީފް މިއަދު އިންތިހާބުކޮށްފި އެވެ.
މިއަދު ފެށި އެމްއެމްސީގެ އާ ދައުރުގެ ރައީސަކަށް ސަގީފާ އެކު ދެން ވާދަކުރީ އެމްއެމްސީ އިންތިހާބުގައި އެންމެ ގިނަ ވޯޓު ހޯދި “މިހާރު”ގެ ފާތިމަތު ޝަނާ މުހައްމަދެވެ. މީޑިއާ ކައުންސިލްގެ ރައީސަކަށް އޭނާ އިންތިޚާބު ކޮށްފައިވަނީ އެކަމަށް ފުރަތަމަ އެ ކައުންސިލްގެ މެންބަރުންގެ މެދުގައި ނެގުނު ވޯޓު އެއްވަރުވުމުން، މިއަދު ނެގި ދެވަނަ ވޯޓުގައެވެ. އޭނާ އަށް 8 ވޯޓު ލިބުނު އިރު އޭނާއާ ވާދަކުރެއްވި ފާތިމަތު ޝާނާ މުހައްމަދަށް ލިބުނީ 7 ވޯޓެވެ.
ކައުންސިލްގެ ނާއިބު ރާއިސަަކަށް އިންތިޚާބު ކޮށްފައިވަނީ އަމިއްލަ ގޮތުން ކައުންސިލަށް އިންތިޚާބުވި އިބްރާހީމް މުހައްމަދެވެ.
މީޑިއާ ކައުންސިލްގައި ތިބެނީ މީޑިއާތަކުން 8 ނޫސްވެރިއަކާއި އަމިއްލަ ގޮތުން ހަތް މީހަކާ އެކު ޖުމްލަ 15 މީހެކެވެ. އެ ކޮމިޝަންގެ ދައުރަކީ ދެ އަހަރެވެ.

