އާންމު މަސްލަހަތަށް ނުރައްކާވާ ގޮތަށް، މާރާމާރީ ހިންގި ބިދޭސީއަކު ޑީޕޯޓް ކުރަން ނިންމާފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.
އިމިގްރޭޝަނުން ބުނީ ޑިސެންބަރު 06 ވަނަ ދުވަހު އާންމު މަސްލަހަތަށް ނުރައްކާވާ ގޮތަށް، އާޓިފިޝަލް ބީޗު ސަރަހައްދުގައި ހިންގި މާރާމާރީގައި އެންމެ އިސްކޮށް އުޅުނު ބިދޭސީ މީހާ ވަނީ ފުލުހުންގެ އެހީތެރިކަމާއެކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައި އަދި މި މީހާ ޑީޕޯޓުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން ކަމަށެވެ.
މި މައްސަލައިގައި ގިނަ ބިދޭޭސީންގެ ތަކެއްމެދުގައި މާރާމާރީ ހިންގާފައިވާއިރު، އެ މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯތަކެއް މީސްމީޑިއާގައި ދައުރުވިއެވެ. އެ މާރާމާރީ ހިގީ އެދުވަހު 18:22 ގައި އާޓިފިޝަލް ބީޗް ސަރަހައްދުގައެވެ.
އޭރު ފުލުހުން ބުނީ އެ މައްސަލައިގައި ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.

