އަލިފާނުގެ ހާދިސާގައި އަނދައިގެން ދިޔަ އިމާރާތުގައި ހުރި ކައުންސިލްގެ ވައިޓަލް ސެކްޝަނާއި ލޭންޑް އެންޑް ބިލްޑިންގ ޝެކްޝަންއަށް ލިބުނު ގެއްލުން މޭޔަރ އާދަމް އާޒިމް ބައްލަވާލައްވައިފިއެވެ.
ޑިސެމްބަރ 12 ވަނަ ދުވަހު ހައުސިން މިނިސްޓްރީ ހުރި އިމާރާތުގައި އަލިފާންރޯވެ ގެއްލުންތަކުގެ ތެރޭގައި މާލޭ ކައުންސިލްގެ މުހިންމު ލިޔެކިޔުންތަކެއް ހުރި ބައެއްވެސް ވަނީ ބޭނުންނުކުރެވޭ ވަރަށް އަދާފަައެެވެ. އެ ތިން މިނިސްޓްރީއެއް ހިނގަމުން ދިޔަ ޢިމާރާތް އަދާގެން ދިޔަ އަލިފާނުގެ ޙާދިސާގައި، އެ ގޯތިރޭގައި ހުރި، މާލެ ސިޓީގެ ވައިޓަލް ރަޖިސްޓްރޭޝަންގެ ޚިދުމަތް ދެމުންދިޔަ ޢިމާރާތަށް ވެސް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.
މާލޭ ސިޓީ ކައުންސިލުން ބުނީ ވައިޓަލް ރަޖިސްޓްރޭޝަންގެ ޚިދުމަތް ވަގުތީ ގޮތުން ދެމުންދަނީ ހުޅުމާލޭ އަމީން އެވެނިއުގެ ފުރަތަމަ ފަންގިފިލާގައި ހުންނަ މާލެސިޓީގެ އޮފީހުން ކަމަށެވެ. މި ހަފުތާތޭރޭ، ވައިޓަލް ރަޖިސްޓްރޭޝަންގެ ޚިދުމަތް، މާލެއިން ދޭން ފެށުމުގެ މަސައްކަތް މި ދާ ކަމަށެވެ. އެ ކަމާގުޅިގެން ރައްޔިތުންނަށް ކުރިމަތި ވަމުންދާ ދަތިތަކަށް ޓަކައި، މަޢާފަށް ވެސް އެ ކައުންސިލުން ވަނީ އެދިފައެވެ.

