ރަނގަލު ސިއްހަތަކަށްއެދޭމީހާ އޭނާ ކުރާނެ ވަރަށް ގިނަކަންތައްތައް ހުންނާނެއެވެ. ޙާއްސަކޮށް ކަސްރަތާއި ކެއިންބުއިމުގެ ވައްޓަފާޅިތަކަށް ގެންނަ ބަދަލުތަކެވެ. އަދި ކާނާގެ ތެރޭގައި ހިމެނޭ ރަނގަޅު މޭވާއި ތަރުކާރީ ބޭނުންކޮށްގެންވެސް މެއެވެ. ފަލަމަޑީގެ ބާވަތްތަކާއި ފަތުގެ ބާވަތްތަކެވެ. މީގެ ތެރެއިން ކޮލޮސްޓްރޯލް ކޮންޓްރޯލް ކުރުމަށް ވަރަށް ރަގަޅު މޭވާއެއްގެ ގޮތުގައި ކަނޑައެޅިފައިވާ އާފަލަކީ ކޮންމެހެން ބޭނުންކުރެވޭ އެއްޗަކަށް ހަދަންޖެހެއެވެ.
އާފަލުގައި ފައިބާ އެކުލެވިގެންވާ އިރު، މިއީ ބަނޑުގައި އުފެދޭ ޖަރާސީމުދަށްކުރުމަށް މަގުފަހިކޮށްދޭ މޭވާއެކެވެ. މީގެ ސަބަބުން ބަނޑުހައިހޫނުކަމުން ދުރުކޮށްދީ، ކޮލެސްޓްރޯލް ދަށްކޮށްދީ، ލޭގައި ހަކުރު ހަމައަކަށް އެޅުވުމަށް އެހީތެރިވެދެއެވެ. ހިތުގެ މައްސަލަތަކާ ދުރުކޮށް ދުޅަހެޔޮކަން އިތުރުވެއެވެ. އަދި ދުވާލަކު ހެޔޮވަރު ސައިޒްގެ އާފަލެއް ކެއުމަކީ ލޭގެ ޕްރެޝަރު، ދަށްކޮށްދޭ ކަމެވެެ. ކޮލެސްޓްރޯލް އަދި އިންފްލެމޭޝަން ދަށްކޮށްދޭ ކަމެއްވެސް މެއެވެ.

އާފަލު
އާފަލު ކެއުމުން ޓައިޕް 2 ޑައިބެޓީސް، އަލްޒައިމާސް ޑިޒީޒް އަދި ބައެއް ބާވަތްތަކުގެ ކެންސަރު ފަދަ ދާއިމީ ބަލިތައް ޖެހުމުގެ ފުރުސަތުވެސް ކުޑަކޮށްދޭ ކަމަށް ސިއްހީ މާހިރުން ބުނެއެވެ. އަދި ބަރުދަން ދަށްކުރުމަށްވެސް އާފަލަކީ އެންމެ މުހިންމު އެއްމޭވާއެއް ކަމަށާއި، އާފަލުގެ ފައިދާތަކުގެ ސަބަބުން ބަރުދަން އެއްވަރަކަށް ހިފެހެއްޓުމަށް އެހީތެރިވެދޭނެ ކަމަށް ވެސް ފާހަގަކޮށްފައި ވެއެވެ. އަދި މީގެ އިތުރުން އާފަލު ބޭނުން ކުރުމުގެ ސަބަބުން ވިސްނުންތައް ރަނގަޅުވެސް ކޮށްދޭ ކަމަކީ ސިއްހީގޮތުން އާފަލުގެ މުހިންމު ކަމެވެ.
މީހާގެ މޫނާއި ގައިގެ ހަމުގެ ކުލަރީތީކޮށް ބަހައްޓަދެއެވެ. ރީތި އިސްތަށިގަނޑަކަށް ބޭނުންނަމަ ގިނައިން ކާންޖެހެނީ އާފަލެވެ. އާފަލުގައި ވިޓަމިން ސީ އަދި ބީ އެކުލެވިގެންވެއެވެ. މިއީ އިސްތަށިގަނޑު ވަރުގަދަކޮށް، ހަމުގެ ސެލްތައް އުފެއްދުން އަވަސްކޮށްދޭ އެއްޗެކެވެ.
އާފަލަކީ ހަށިގަނޑަށް ފައިދާހުރި ތަފާތު މޭވާއަކަށްވިރު، ދިރާސާތަކުން ދައްކާ ގޮތުގައި އެހެން މޭވާ އާއި ތަރުކާރީއަށް ވުރެ އެފާލުން ލިބޭ ފައިދާތައްއިތުރެވެ. އާފަލުގެ އެކިވައްތަރުތައް ހުންނައިރު އާންމުކޮށް ބޭނުންކުރަނީ ފެހި އަދި ރަތް އާފަލެވެ. މީގެ ތެރެއިން ކޮލޮސްޓްރޯލް ދަށް ކުރުމަށް އެންމެ ރަނގަޅަކީ ކޮން ވައްތަރެއްގެ އާފަލެއްތޯ ބަލާލާއިރު ރަތް އަދި ފެހި ކުލައިގެ އާފަލުން ވެސް ކޮލޮސްޓްރޯލް ދަަށްވާ ކަމަށް ސިއްހީމާހިރުން ބުނެއެވެ.

