ރާއްޖޭގެ ބޮޑު ބަޔަކަށް ރީދޫ ސަމާލު ނެރެ މޫސުން ގޯސްވާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް އޮފީހުން) ހާމަ ކޮށްފިއެވެ.
މެޓުން ބުނީ ރީދޫ ސަމާލު ނެރެފައިވަނީ ށ. އަތޮޅުން ފެށިގެން އދ. އަތޮޅުގެ ރަށްތަކަށް ކަމަށެވެ. މެޓުން ބުނީ ބޯކޮށްވާރޭވެހުމާއެކު ގުގުރާނެ ކަމަށެވެ. އިއްޔެ ވަނީ ހއ. ފެށިގެން ލ. އަތޮޅާއި ހަމަޔަށް ހުދު ސަމާލުވެސް ނެރެފައެވެ. މެޓުން ބުނީ އެކިހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވާއިރާއި އިރުދެކުނުން ގަޑިއަކު 3 މޭލާއި 10 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެންވޭ.

