އައްޑޫ ސިޓީ ފުރައިގެން މާލެ ދަތުރު ކުރެމުންދިޔަ ސީމެކްސް ބޯޓުގެ ފަޅުވެރިއެއްގެ ގޮތުގާއި މަސައްކަތް ކުރާ ނޭޕާލް ރައްޔިތަކު ކަމަށްވާ ރާޖް ކުމާރު ގެލިފައިވާ ކަމުގެ މައުލޫމާތު ފުލުހުނަށް ރޭ ރިޕޯޓް ކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ރާޖް ކުމާރު ބޯޓް ގައި ނެތްކަން އެގިފައިވަނީ އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީ އާ ދެމެދު ކަނޑު މަތިން ފުވައްމުލަކު ސިޓީގެ 8 މޭލަށް ކައިރިވެފައިނިވަނިކޮށް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުނެެވެ.
ފުލުހުން ބުނީ 11:30 އެހައިކަންހައި އިރު ރާޖް ކުމާރު ބޯޓްގައި ހުރިކަމަށް މައުލޫމާތު ލިބިފައިވާ ކަމަށާއި، އަދި 01:15 ހައިރު ކެޕްޓަން އާ ވަހާކަ ވެސް ދައްކާފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
ރާޖް ކުމާރު ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް އިން ދަނީ ކުރެމުން ކަމަށާއި، ރާޖް ކުމާރު ގެލިފައިވާ މައްސަލަ ފުލުހުން ގެންދަނީ ތަހުޤީޤު ކުރެމުން ކަމަށް ވެސް ފުލުހުން ބުނެފައެވެ.

