މޯލްޑިވްސް އިމިގްރޭޝަނުން ހިންގި ރެއިޑް އޮޕްރޭޝަނެއްގެ ދަށުން އަނެއްކާވެސް މުޑުދާރުކޮށް ކާބޯތަކެތި ތައްޔާރު ކުރާތަނަކުން ބިދޭސީންތަކެއް ހައްޔަރު ކޮށްފިއެވެ.
އިމިގްރޭޝަނުން ބުނީ ލިބުނު ރިޕޯޓަކާއި ގުޅިގެން ރޭ ޓާސްކުފޯހުން ވަނީ މާލޭގެ ހެންވޭރުގައި ހުންނަ ގެއެއް ބަލައި ފާސްކޮށްފައި ކަަމަށެވެ.
އެ ތަނަކީ އާންމު މިންގަނޑުތަކާއި ހިލާފަށް ދިވެހި އުފެއްދުންތައް ވިޔަފާރީގެ ބޭނުމަށް ތައްޔާރު ކުރަމުންދާ ތަނެއް ކަމަށާއި، އަދި އެތަނުން ވަނީ ފިހާރަތަކުން އާންމުކޮށް ލިބެންހުންނަ ގިނަ ބާވަތްތަކުގެ ކާބޯތަކެތި ފެނިފައި ކަމަށެވެ.
ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުން ދިޔަ ބިދޭސީ މީހާ މިހާރު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައި ކަމަށްވެސް ބުނެފައި ވެއެވެ.
ގަވާއިދާ ޙިލާފަށް އުޅޭ ބިދޭސީން މައްސަލަ ބަލާ ހޯދުމުގެ މަސައްކަތް އިމިގްރޭޝަނުން ވަނީ ފަށާފައެވެ. މި އަހަރު މި މައްސަލަ ހައްލުކުރުމަށް އިމިގްރޭޝަނުން ކުރި މަސައްކަތުން ވަނީ 5000 ގާތްކުރާ އަދަދަށް ބިދޭސީން ޑީޕޯޓް ކުރެވިފައި ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

