އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިގެ ފަރާތުން، ރ. އިނގުރައިދޫ ސްކޫލްގެ ގްރޭޑް 1 އިން 7 ގެ ދަރިވަރުންގެ ބެލެނިވެރިންނަށް އަމާޒްކޮށްގެން ހަރުދަނާ ގޮތެއްގައި ކުދިން ތަރުބިއްޔަތުކުރުމާ ގުޅޭ ގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ބާއްވައިފިއެވެ.
އެ ސެޝަން އިންތިޒާމް ކުރުމުގައި ރ. އިނގުރައިދޫ ކައުންސިލް އިދާރާއާއި އިނގުރައިދޫ ސްކޫލްގެ އެހީތެރިކަން ލިބިފައިވެއެވެ. އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން މި ސެޝަން ނަންގަވައިދެއްވާފައިވަނީ ސޯޝަލް ސަރވިސަސް ކޯޑިނޭޓަރ އަބްދުﷲ އަޝްރަފްއެވެ.
މި ސެޝަނުގައި 75 އަށް ވުރެ ގިނަ ބެލެނިވެރިން ބައިވެރިވެފައިވާއިރު، ބައިވެރިން ވަނީ މި ސެޝަނުން ވަރަށް ބޭނުންތެރި މަޢުލޫމާތު ލިބިފައިވާކަން ފާހަގަކޮށްފައެވެ.

