ތ. މަޑިފުށީ މީހަކު ގެއްލިގެން ހޯދަމުންދާ ކަމަށް ދިވެހި ފުލުހުން މިއަދު ހާމަކޮށްފިއެވެ. ގެއްލިގެން ހޯދަމުންދަނީ، ތ. މަޑިފުށީ/ ބޮންތި، ހަސަން ނިހާލު (34 އަހަރު) އެވެ.
ފުލުހުން ބުނީ، ހަސަން ނިހާލު އާއިލާއަށް ހަބަރެއް ނުވެ ގެއްލިފައިވާ ކަމަށް ޑިސެންބަރު 15 ވަނަ ދުވަހުގެ ރޭ 08:07 އެހައިކަންހާއިރު ރިޕޯޓު ކުރުމާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ އާންމުންގެ އެހީތެރިކަމަށް އެދިފައެވެ. އެގޮތުން ހަސަން ނިހާލުގެ އެއްވެސް މައިުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ތ. މަޑިފުށި ޕޮލިސް ސްޓޭޝަންގެ ނަންބަރު 9868475 އަށް ގުޅުއްވައި އެ މަޢުލޫމާތު ހިއްސާ ކުރެއްވުމަށް ފުލުހުން އެދިފައިވެއެވެ.

