އަމިއްލައަށް މަރުވާން އުޅުނު 28 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފިއެވެ. އޭނަ ނިސްބަތްވަނީ މާލެއަށެވެ.
އޭނާގެ ބަންދަށް އިއްޔެ ކްރިިމިނަލް ކޯޓުން 5 ދުވަސް ޖަހައިފައިވާއިރު އޭނާއާ ގުޅޭ ބަންދު އަމުރުގައިވާގޮތުން އޭނާ ބަންދު ކޮށްފައި ވަނި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައެވެ.
މި މީހާއަކީ ކުށުގެ ރެކޯޑް އޮންނަ މީހެއް ކަމަށްވެސް ބަންދު އަމުރުގައި ބުނެފައި ވެއެވެ.
މި މައްސަލައާ ގުޅޭ އިތުރު ތަފްސީލު އަދި ލިބިފައެއް ނުވެއެވެ.

