ގެއްލިގެން ފުލުހުން އިއްޔެ ހޯދަން އިއުލާނުކުރީ ތ. މަޑިފުށީ/ ބޮންތި، ހަސަން ނިހާލު، (34އ) ފެނިއްޖެ އެވެ.
އޭނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓް ކުރީ ޑިސެންބަރު 15 ވަނަ ދުވަހު ރޭ 8:07 ހާއިރެވެ.
ފުލުހުން މިއަދު ބުނީ ގެއްލިގެން ހޯދަމުން ދިޔަ ނިހާލު އިއްޔެގެ ވަގުތެއްގައި ފެނިފައިވާކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ. މި މައްސަލައާ ބެހޭ އިތުުރު ތަފްސީލު އާއިލާއިން ދިފައި ނުވެއެވެ.
މިހާރަކަށް އައިސް މީހުން ގެއްލިގެން ހޯދަން ފުލުހުން އިއުލާންކުރެއެވެ. އަދި މާ ގިނަ އިރެއް ނުވެ ގެއްލުނު މީހާ ފެންނަ ކަމަށް ފުލުހުން ބުނެއެވެ.
ޒުވާނުންނާއި ކުޑަ ކުދިން ގެއްލިގެން ހޯދަން ރަށުގެ އާންމުން އެންމެން ނުކުމެ މަސައްކަތުގައި ޝާމިލުވެއެވެ.

