އއ. ތޮއްޑޫ، ފޮރިންވިލާގެ ފާތިމަތު ސައީދާ (64 އަހަރު) އަކީ ސީއޯޕީޑީ (ފުއްޕާމޭގެ، ނޭވާލުމަށް އުނދަގޫކުރާ ދާއިމީ ބައްޔެއް) ހުންނަ މީހެކެވެ. މީގެ ދުވަސްތަކެއް ކުރިން އެންމެ ފުރަތަމަ ކުޑަކަމުދާއިރު ލޭ އަންނަން ފެށިކަމަށާއި އެގޮތަށް ވާން ފެށުމުން އެންމެ ފުރަތަމަ ތޮއްޑޫގައި ޑޮކްޓަރަކަށް ސައީދާ ދެއްކިއެވެ. އިތުރަށް ބެލުމަށް ޑޮކްޓަރުން ދިން ލަފައާއކެު ރަސްދޫއަށް ގޮސް އިންޓަރނަލް މެޑިސިން އަދި ގައިނީ ސްޕެޝަލިސްޓަކަށް ދެއްކި ކަމަށާއި އެ ޑޮކްޓަރު ސްކޭން ކުރުމަށްފަހު ބޮޑު ސިސްޓެއް ބަނޑުގަައި ހުރިކަމަށް ފާހަގަކުރިކަމަށް އާއިލާއިން ހުވަދޫމީޑިއާ އަށް ވަނީ މައުލޫމާތު ދީފައެވެ. އައި.ޖީ.އެމް.އެޗަށް ވަގުތުން ދެއްކުމަށް އެ ޑޮކްޓަރު ލަފާ ދިނުމުން، ހަމަ ޖެހިގެން އައި ދުވަހު މާލެ އައިކަމަށާއި ޑޮކްޓަރަށް ދެއްކުމަށް އައިޖީއެމްއެޗަށް ދިޔަ ކަމަށްވެސް އާއިލާއިން ބުންޏެވެ.
"ޑޮކްޓަރުން 20 ސެންޓިމީޓަރުގެ ސިސްޓެއް ހުރިކަން ކަށަވަރުކޮށް، އޯވެރިއަން ކެންސަރު ކަމަށް ލަފާ ކުރީ، ދެން ލަފާދިނީ ވީހާވެސް އަވަހަށް ސުޕަރ ސްޕެޝަލިސްޓަކަށް ވަގުތުން ދެއްކުމަށް،" އާއިލާއިން ކިޔައިދިނެވެ.
ސައީދާއަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން 20 ސެންޓިމީޓަރުގެ ސިސްޓެއް ބަނޑުން ނެގުމަށް ކުރި އޮޕަރޭޝަނުގެ ތެރެއިން އެއްވެސް ކަހަލަ ކަމެއް ހިނގިކަމެއް އާއިލާއަކަށް ނޭނގޭކަމަށާއި ސައީދާގެ އޮޕަރޭޝަން ކާމިިޔާބުވި ކަމަށްޓަކައި އާއިލާގެ އެންމެން ތިބީ ވަރަށް އުފަލުން ކަމަށްވެސް އާއިލާއިން ކިޔައިދިން މީހާ ބުންޏެވެ. އެހެންނަމަވެސް ދެން ސައީދާގެ ހާލަތު ވަރަށް ބޮޑަށް ދިޔައީ ގޯސް ވަމުން ކަމަށާއި ސާޖަރީ ތެރޭގައި ގޯހެއް ހިނގިކަން ނޭނގުނުނަމަވެސް ހޮނޑަށް ގަދަމުށިކުލައެއްގެ އެއްޗެއް ލާން ފެށުމުން ތަކުރާރުކޮށް 12 ފަހަރަށް އެގޮތަށް ހޮޑުލެވުމުން އަނެއްކާ ހޮސްޕިޓަލަށް ގެންދިޔަައީ ކަމަށް އާއިލާއިން ބުންޏެވެ.
މިފަހަރު އައިޖީއެމްއެޗުން ހެދި ސީޓީ ސްކޭނަކުން ދައްކާފައިވަނީ ބޮޑު ގޮހޮރުގައި ކަފައިގެން ގޮސްފައިވާ ކެނޑުމެއް ހުރި ކަމާއި، ބަނޑުގައި ނަޖިސް ފެތުރެމުންދާ ކަމެވެ.
މިހެންވުމާއެކު ސައީދާއަށް ވަނީ އިތުރު ހަތަރު އޮޕަރޭޝަން ކުރަން ޖެހިފައެވެ. އޭނާގެ ހާލަތު ގޯސްވަމުން ދިޔުމާއެކު، އާއިލާއިން ވަނީ އޭނާ އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ. އޭޑީކޭގެ އައި.ސީ.ޔޫގައި ވެންޓިލޭޓަރުގައި ފަރުވާ ދިނުމަށްފަހު ކޮންމެވެސް ވަރެއްގެ ލުޔެއް ލިބުނު ނަމަވެސް އަދިވެސް ސައީދާގެ ފަރުވާ ދަނީ ކުރިއަށެވެ.
ސައީދާގެ އާއިލާއިން ބުނާ ގޮތުގައި، އައިޖީއެމްއެޗުން ކުރި ސާޖަރީގައި ނޭނގިގެން ނޫނަސް އެނގިގެން ވިޔަސް ރަނގަޅުނޫންކަމެއް ވާނީ އަބަދުވެސް ހަމަ ނުރަނގަޅު ކަމެއް ކަމަށެވެ.
މިހާރު ސައީދާގެ ފަރުވާއަށް ބޮޑެތި އަދަދުތަކުން ފައިސާ ހަރަދުކުރަން ޖެހިފައިވާ ކަމަށް އާއިލާއިން ބުނެއެވެ. އޭޑީކޭ ހޮސްޕިޓަލުން އާސަންދަ ނުލިބޭތީ، އަމިއްލައަށް ހުރިހާ ހަރަދެއް ކުރަން ޖެހިފައިވާ ކަމަށް އާއިލާއިން މައުލޫމާތު ދެއެވެ.
"އެނގޭ މިއީ އާސަންދަ ނުލިބޭ ތަނެއްކަން، އެހެންނަމަވެސް އައިޖީއެމްއެޗުން ފަރުވާ ނުކުރެވުނީމަ މިތަނަށް އައީ. ކޮންމެ ހާލެއްގައިވިޔަސް އެނގިތިބެ މަންމަ މަރުވާން ދޫކޮށްލާފައި ނުތިބެނޭނެތާ،" އާއިލާއިން ބުންޏެވެ.
ަސައީދާގެ ޒުވާން ފިރިހެންދަރިފުޅު ކިޔައިދިން ގޮތުގައި އެމީހުންނަކީ މެދުފަންތީގެ އާއިލާއަކަށްވުމުން، އޭޑީކޭގެ ބޮޑެތި ބިލުތަކަށާއި ކެއުމާއި ހުރުމުގެ ހަރަދުތަކަށް ފައިސާ ހޯދުމަށް ދަތިވެފައިވާ ކަމަށް އާއިލާއިން ބުނެއެވެ. އެހެންކަމުން، ސައީދާގެ ފަރުވާއަށް އެހީތެރިވެދިނުމަށް އާންމު ރައްޔިތުންގެ އަރިހުން އެދެއެވެ.
ސައީދާގެ އާއިލާއަށް މި ދަތި ދަނޑިވަޅުގައި ކެތްތެރިކަން ދެއްވުން އެދި ﷲ ގެ ޙަޟްރަތުގައި ދުއާ ދަންނަވަމެވެ. އަދި ސައީދާއަށް އަވަސް ޝިފާއެއް މިންވަރުކުރެއްވުން އެދި ދުއާ ކުރަމެވެ. އާމީން!
ސައީދާގެ އާއިލާއިން އެދެނީ އޭނާގެ ބޭސްފަރުވާއަށް ދީލަތިކަމާއެކު އެހީތެރިވެދިނުމަށެވެ. "ﷲ އަށްޓަކައި އަޅުގަނޑުމެންގެ މަންމަގެ ފަރުވާއަށް އެހީވެދެއްވުން އެދެމެވެ،" އާއިލާއިން ބުނެއެވެ.
އެހީތެރިވާން ބޭނުންފުޅުވާ ފަރާތްތަކަށް ތިރީގައިވާ އެކައުންޓްތަކަށް ފައިސާ ޖަމާކުރެވިދާނެއެވެ:
-
ބީއެމްއެލް: 7770000063759 (އަޙްމަދު ވިސާދު)
-
ޑޮލަރު އެކައުންޓް: 7730000368638 (ވިރުޒާނާ އަލީ)
-
އިތުރު މަޢުލޫމާތު ހޯއްދެވުމަށް 7573888 ނަންބަރާ ގުޅުއްވުން އެދެވިގެންވެއެވެ.

