ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސްމޯލް ގްރާންޓް ފަންޑުގެ އެހީގައި ހދ. ކުމުންދޫ އަދި ގދ. ވާދޫގައި ދެ ޕްރޮޖެކްޓެއް ނިންމާލައިފިއެވެ.
އެގޮތުން ކުމުންދޫގައި ގާއިމުކޮށްފައި ވަނީ ކޮންމެ ދުވަހަކު ބާނާ މަހުގެ ކުނި މެނޭޖްކޮށް، އެތަކެތިން މަސް ކާނާ އުފައްދާ ޕްލާންޓެކެވެ. ވާދޫގައި ވަނީ ބްލޫ ބައުލްސް ރާޅާއަޅާ ސަރަހައްދުގެ ފަރު ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރެވޭ ގޮތަށް ރައްކާތެރިކޮށްފައެވެ.
ކުމުންދޫގައި ހިންގި މަޝްރޫއު ކުރިއަށް ގެންގޮސްފައި ވަނީ ކުމުންދޫ ރިވައިވަލް އިނިޝިއޭޓިވް (ކުރެވި) އިން ކަމަށްވާއިރު ވާދޫ ކައިރީގައި އޮންނަ ބްލޫ ބައުލްސް ރާޅާ އަޅާ ސަރަހައްދުގެ ފަރު ރައްކާތެރިކުރުމުގެ މަސައްކަތް ކޮށްފައި ވަނީ ވާދޫގައި ހުވަދޫ އެސޮސިއޭޝަން ފޯ ޓޫރިޒަމް (ހެޓް) އިންނެވެ.
މިއީ ބީއެމްއެލްގެ 40 ވަނަ އަހަރީ ދުވަހާ ގުޅިގެން ތައާރަފްކުރި ސްމޯލް ގްރާންޓް ފަންޑުގެ އެހީގައި ހިންގި ދެ މަޝްރޫއެވެ.

