އިމަޖެންސީގައި ރޭ ދަންވަރު މާލެ ގެނެސް އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނަށް ދަރުމަވަންތަ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދޭން ފަށައިފި އެވެ.
އެނގިފައިވާ ގޮތުގައި، އުއްތަމަ ފަނޑިޔާރަށް ފަރުވާ ދެނީ މައިބަދަޔަށް ލިބުނު އަނިޔާއަކާ ގުޅިގެންނެވެ.
އުއްތަމަ ފަނޑިޔާރުގެ ސިއްޙީ ހާލުކޮޅު ގޯސްވީ ރަށުން ބޭރުގައި ޗުއްޓީގައި ހުންނަވަނިކޮށެވެ.
އުއްތަމަ ފަނޑިޔާރުގެ ސިއްހީ ހާލުކޮޅާ ގުޅޭ ގޮތުން ރަސްމީ އިދާރާއަކުން އަދި އެއްވެސް އެއްޗެއް ނުބުނެ އެވެ. ސިއްހީ ސަބަބުތަކަށްޓައި އުއްތަމަ ފަނޑިޔާރު ރިޓަޔާކުރައްވަން އުޅުއްވާ ކަމުގެ އަޑުތަކެއް ފެތުރިފައިވާތާ ވެސް ދުވަސްކޮޅެއް ވެއްޖެ އެވެ.

