ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތަށް ފަހިކޮއްދިނުމަށް އަމާޒުކޮށް ނޭޝަނަލް ކެރިޔަރ ސަރވިސެސް (އެންސީއެސް) އިން ވަނީ މޯލްޑވިސް: އެންހޭންސިންގ އެމްޕްލޮޔަބިލިޓީ އެންޑް ރެޒިލިއެންސް އޮފް ޔޫތް (މީރީ) ޕްރޮޖެކްޓް އަދި ސަސްޓެއިނަބަލް އިންޓެގްރޭޓެޑް ލޭބަރ ސަރވިސެސް (ސެއިލްސް) ޕްރޮޖެކްޓާއިއެކު އައުޓް ރީޗް ޕްރޮގްރާމްތަކެއް ވަނީ ފަށާފައެވެ.
މި ޕްރޮގްރާމްތަކުގެ ދަށުން، އެންސީއެސްއާއި ގުޅޭ އެކި މަޢުލުމާތުތަށް ފޯރުކޮއްދިނުމާއި، އެންސީއެސްގެ ޕޯޓަލަށް ޒުވާނުން އަހުލުވެރިކުރުވުމާއި ވަޒީފާ ހޯދާ ފަރާތްތަކާއި ވަޒީފާ ދޫކުރާފަރާތްތަށް މި ޕޯޓަލްގައި ރަޖިސްޓްރީކުރުވުން ފަދަ އެތަށް މަސައްކަތްތަކެއް ވަނީ ކުރެވިފައެވެ.
ވޯލްޑް ބޭންކްގެ ޚަރަދުގައި މަސައްކަތް ކުރަމުންދާ މީރީ އަދި ސެއިލްސް ޕްރޮޖެކްޓްގެ އެއްބާރުލުމާއެކު،
އެންސީއެސް އިން މިހާތަނަށް ތިން އަތޮޅެއްގައި އައުޓް ރީޗް ޕްރޮގްރާމްތަކެއް ކުރިއަށްގެންގޮސްފައިވޭ. އިތުރު އެތަށް އަތޮޅެއްގައި މި ޕްރޮގްރާމްތަށް ކުރިއަށްގެންދިޔުމަށް ވަނީ ހަމަޖެހިފަ. މަތީ ތައުލީމާއި ބޭހޭ ވުޒާރާ
މިފަދަ އައުޓް ރީޗް ޕްރޮގްރާމްތަށް ހިންގުމަށް ރަށްރަށަށް ކުރާ ދަތުރުތަކުގެ ތެރެއިން، އަތޮޅު ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި ޖަމިއްޔާ ޖަމާޢަތްތަކުގެ އިތުރުން ޒުވާނުންނާއި ވިޔަފާރިވެރިންނާއި ބައްދަލުކޮށް އެންސީއެސްގެ ޚިދުމަތްތަކާއި ޕްރޮގްރާމްތަކާއި ގުޅޭގޮތުން މަޢުލުމާތު ޙިއްސާކުރެވިގެންދާނެއެވެ.

