ސްކޮލަރޝިޕްގައި ކިޔަވަން ފަށާ ޕްރޮގްރާމް ވަކި ހިސާބަކުން ބަދަލު ކުރުރެވޭނެ ގޮތަށް، ދިވެހިރާއްޖޭގެ ސްކޫލްތަކާއި މަދަރުސާތަކުގެ ދަރިވަރުން ބައިވެރިވާ މަތީސާނަވީ އިމްތިޙާނުތަކުން އެއްވަނަ ދަރަޖައިގައި ފާސްވެފައިވާ ދަރިވަރުންނަށް ދިވެހި ސަރުކާރުން ދެއްވާ ހައި އެޗ ވަރސް ސްކޮލަރޝިޕް ދިނުމާބެހޭ ސްކީމާ ގުޅޭ ކަންކަން ބަޔާން ކުރާ އުސޫލަށް މިހާރުވަނީ ބަދަލު ގެނެސްފިއެވެ.
މީގެ ކުރިން 2019 ވަނަ އަހަރު ގެޒެޓް ކޮށްފައިވާ އުސޫލުގައި ސްކޮލަރޝިޕަށް ހޮވޭ ދަރިވަރުން، އެދަރިވަރުން ކިޔަވާ ޕްރޮގްރާމް ބަދަލުކުރެވޭނެ ގޮތެއް ކަމަށް ކަނޑައަޅާފައި އޮންނަނީ ޕޭމަންޓް ދެއްކުމުގެ ކުރިންނެވެ. ޕްރޮގްރާމަށް ޕޭމަންޓް ދެއްކުމަށްފަހު ބަދަލުކުރެވޭނެ އުސުލެއް ނުވެއެވެ. އެހެންނަމަވެސް ވޭތުވެދިޔަ ދުވަސްތަކުގައި މަތީތައުލީމް ހާސިލްކުރަމުން ދިޔަ ދަރިވަރުންގެ ތެރެއިން ގިނަ ދަރިވަރުންތަކެއްވަނީ އެދަރިވަރުންނަށް ދިމާވާ އެކި އެކި ހާލަތުގައި ކިޔަވަމުން އަންނަ ޕްރޮގްރާމް ބަދަލު ކުރުމަށް އެދިފައެވެ.
ޑިސެމްބަރ 18، 2024 ގައި ގެޒެޓް ކުރެވުނު އުސޫލުގެ 7 ވަނަ މާއްދާގައި ވަނީ ސްކޮލަރޝިޕްއަށް ކިޔަވަމުންދާ ދަރިވަރުން ޕްރޮގްރާމް ބަދަލުކުރުމަށް 3 ހާލަތެއް ކަނޑަ އަޅާފައެވެ.ބަދަލުކުރަން ހުށަހެޅީ، ކިޔަވަންފެށި ޕްރޮގްރާމްގެ ފުރުތަމް ސެމިސްޓަރ ނިމުމުގެ ކުރިންކަމުގައިވުން.
- ދޫކޮއްލާ ޕްރޮގްރާމް ފުރިހަމަކުރުމަށް ދަރިވަރުގެ ޚަރަދުގައި ފުރިހަމަކޮއްފައިވާ ޕްރޮގްރާމްތަކަކީ، ބަދަލުވާ ޕްރޮގްރާމްގެ ޖުމްލަ ޚަރަދުން އުނިކުރެވޭނެ އެއްޗެއްކަމުގައި އެއްބަސްވުން
- ޕްރޮގްރާމް ބަދަލުކުރަންޖެހޭ ސަބަބު، އެކަންކުރުން މުޙިއްމުކަމަށް ބާރުދޭ، ކަމާއި ބެހޭ ރަސްމީ ފަރާތްތަކާއިއެކު ހުށަހަޅާފައި އޮތުން
- ޕްރޮގްރާމް ބަދަލުވީ ނަމަވެސް، އެ ސްކޮލަޝިޕްގެ އުޞޫލުގެ އެއްވެސް މާއްދާއަކާއި ތަޢާރުޒުވުމެއްނެތުން
- ޕްރޮގްރާމް ބަދަލުކުރާ ފުރުތަމަ ފަހަރު ކަމުގައިވުން(އެއް ފަހަރަށްވުރެ ގިނަފަހަރު ބަދަލު ނުކުރެވޭނެ)
- ދޫކޮއްލާ ޕްރޮގްރާމް ފުރިހަމަކުރުމަށް ހިނގާ ޚަރަދަށްވުރެ، ޖުމްލަ ޚަރަދު ބޮޑު ނުވާ ޚަރަދަކަށް ބަދަލުވާން އެދުން
މީގެ ކުރިން އާންމުކޮން މާސްޓާރސް އަށް ދެވެނީ ބެޗްލަރސް ސެޓިފިކެޓްއެއް އޮވެގެނެވެ. ސްކޮލަރޝިޕްގެ ޖުމްލަ މުއްދަތުކަމުގައި ބަލަނީ 4 އަހަރު ދުވަސްކަމަށާއި، ބަދަލުވމުން ސްކޮލަޝިޕުން ދެން ޚަރަދުކުރާނީ ބަދަލުވި އިރު އެ މުއްދަތުން ބާކީ އޮންނަ ދުވަސްތަށް ކަމަށެވެ.

