ތ.ވިލިފުށި ދާއިރާގެ މެންބަރު ޙަސަން ވަޙީދު އާއި މޫސުމީ ބަދަލުތަކާއި، ތިމާވެށްޓާއި އަދި ހަކަތައާ ބެހޭ ވުޒާރާގެ ވަޒީރު ޠާރިޤް އިބްރާހީމް އާ ދެމެދު މިއަދު ބައްދަލުވުމެއް ބާއްވައިފިއެވެ.
މިނިސްޓްރީގައި ބޭއްވުނު މި ބައްދަލުވުމުގައި މިނިސްޓްރީގެ އިސް ބޭފުޅުންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
އެ ބައްދަލުވުމުގައި ވިލިފުށި ދާއިރާގެ ތިން ރަށަށް ދިމާވެފައިވާ މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. މިގޮތުން ބައެއް ރަށްރަށުގެ ގޮނޑުދޮށް ގިރުމުގެ މައްސަލައަކީ ވަރަށް ބޮޑަށް ކަންބޮޑުވާ މައްސަލައެއްގެ ގޮތުގައި ފާހަގަކުރެވުނެވެ. ޚާއްޞަކޮށް ތ.މަޑިފުށްޓަށް އުދައެރުން ހުއްޓުވުމަށް އަވަސް ހައްލެއް ބޭނުންވާކަން ބައްދަލުވުމުގައި ފާހަގަކުރެވުނެވެ.މީގެ އިތުރުން، ނަރުދަމާ ނިޒާމާއި ކުނި މެނޭޖްކުރުމާ ގުޅޭގޮތުން ވެސް މަޝްވަރާކުރެވުނެވެ. މި ދެ ކަމަކީވެސް އަވަސް ހައްލެއް ހޯދަންޖެހޭ މުހިންމު މައްސަލަތަކެއްގެ ގޮތުގައި ބައްދަލުވުމުގައި ފާހަގަކުރެވުނެވެ.
ވިލިފުށި ދާއިރާގެ މެންބަރު ޙަސަން ވަޙީދު ވިދާޅުވި ގޮތުގައި އެ ބައްދަލުވުމަކީ ދާއިރާއަށް ދިމާވެފައިވާ މުހިންމު މައްސަލަތަކާ ގުޅޭގޮތުން ސަރުކާރާއެކު މަޝްވަރާކުރުމަށް ލިބުނު މުހިންމު ފުރުސަތެކެވެ. އަދި އެ މައްސަލަތަކަށް އަވަސް ހައްލެއް ލިބޭނެ ކަމުގެ އުންމީދު ބޮޑުކަމަށް މެންބަރު ވިދާޅުވިއެވެ.އެ ބައްދަލުވުމުގައި ދާއިރާގެ ތިން ރަށުގެ މައްސަލަތަކާ ގުޅޭގޮތުން ތަފްޞީލުކޮށް މަޝްވަރާކުރެވުނުކަން ފާހަގަކުރެވެއެވެ. އަދި އެ މައްސަލަތަކަށް ހައްލު ހޯދުމަށް ސަރުކާރުން މަސައްކަތްކުރާނެކަމުގެ އުންމީދު ދާއިރާގެ ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް ބެލެވޭ ކަމަށް ވަނީ ބުނެފައެވެ.

