މާލޭގެ ކާރޫބާރޫ ބޮޑު މަގުތަކުގައި އާންމު ދަތުރުފަތުރަށާއި ޕަބްލިކް ޓްރާންސްޕޯޓަށް ދަތިވާ ގޮތަށް ގަވާއިދާ ޚިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތައް ޓޯ ކުރުމުގެ މަސައްކަތް ކުރަމުން ގެންދާނެކަން ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފައިވެއެވެ.
ގަވާއިދާ ޚިލާފަށް ޕާކު ކުރުމުން ޓޯ ކުރާނެ މަގުތައް ކަމުގައި އެ ޚިދުމަތުން ފާހަނގަކޮށްފައިވަނީ ބޮޑުތަކުރުފާނު މަގާއި، އަމީނީ މަގާއި، މަޖީދީ މަގާއި، އޯކިޑް މަގާއި، އަމީރު އަޙުމަދު މަގުގެ އިތުރުން ސޯސަން މަގެވެ.
މާލޭގެ މަގުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، މަގުތައްް ތަރުތީބު ކުރުމަށް ފުލުހުން އިސްކަމެއް ދެއެވެ.
ގަވާއިދާ ޚިލާފަށް ޕާކު ކުރާ މައްސަލަ ފެންމަތިވުމުން މިދިޔަ މާރޗް މަހު ވެސް ފުލުހުން ވަނީ އުޅަނދުތައް ޓޯ ކުރަން ފަށާފައެވެ.

