ރޭގަނޑު ހޭލާ ހުންނަ މީހާ އެކުރަނީ ރަނގަޅު ކަމެއްނޫންކަމަށް އެތައްބަޔަކު ބުނެއެވެ. ހޭލާ ހުރުމުކީ ހަށިގަނޑަށް އެތައް ގެއްލުންތަކެއް ލިބިދޭ ކަމެކެވެ. އަދި މުޅި ދުވަހުގެ މަސައްކަތާއި ދުވަހުގެ ހިތްގައިމުކަމަށްވެސް ހުރަސްއެޅޭ ކަމެއްވެސްމެއެވެ. މީހާއަށް ލިބޭ ހިތްހަމަޖެހުން ގެއްލިދެއެވެ. އަދި އޭގެ ސަބަބުން މުޅި ދުވަހުގެ ބޮޑުބައެއް ނިންޖާއި ކުރިމަތިލާން ޖެހެއެވެ. މިއާއި ތަފާތުކޮށް ފަތިހު ހޭލާ މީހާއަށް އޮތް ހިތްހަމަޖެހުމާއި އޭނާގެ ދުވަސް ފަށައިގަތުމުގަ އޭނަ އަށް ލިބޭ ހިތްހަމަޖެހުމަށް ބަލާލަން ޖެހެއެވެ.
ހެނދުނާ ހޭލާ އޭނާ ފުރަތަމަވެސް ނަމާދަށް އަވަސްވެގަނެއެވެ. އަދި ދުވަހުގެ މަސައްކަތާއި އޭނާ ޝާމިލް ވެއެވެ. އެހެންކަމުން މަސައްކަތުގެ ބޮޑުބަޔަކުން އޭނާ ކާމިޔާބު ހޯދައެވެ. ނަމާދަށް ޝައުގު ހިތުއަޅައިގެން ނިދުމުގެ ނަތީޖާ އަކަށްވަނީ އޭގެ ސަބަބުން އަވަހަށް ހޭލެވެއެވެ. އަދި ހެނދުނު ހޭލުމަށްފަހު ސިއްހަތަށް ފައިދާހުރި ރަނގަޅު ކަންތައްތަކެއް ވެސް ކުރެވިދާނެއެވެ. އެގޮތުން ފުރަތަމަވެސް ފެންތައްޓެއް ބޯލެވިދާނެއެވެ. އެއަށްފަހު ސިއްހަތަށް ފައިދާހުރި ނާސްތާއެއް ނަގާލެވިދާނެއެވެ. ލުއިކޮށް ކަސްރަތު ކުރެވިދާނެއެވެ. މުޅި ދުވަހު ކުރާނެ ކަންތައްތަކެއް ރޭވިދާނެއެވެ. އަދި ރަނގަޅު ނިޔަތެއް ކަނޑައަޅާ ދުވަސް ފަށައިގަނެވޭނެއެވެ.
“މޯނިން ޕީޕަލް” އިގިރޭސި ބަހުން މިހެންކިޔަނީ ފަތިހާ ހޭލާ ދުވަސް ކުރިއަށްނެރޭ މީހުންނަށެވެ. އެމީހުން ރޭގަނޑު ހޭލާ ދަންވަންދެން ނުނިދާތިބޭނެއެވެ. އެހެންކަމުން އެ މީހުން ސިއްހަތު ރަނގަޅު އިހުސާސެއް ކުރުމަށް ހެނދުނުގެ ވަގުތުތަކުގައި ބޭނުން ހިފައވެ. އަދި ދިމާވާ ނުތަނަވަސްކަން ކުޑަވުމާއި، ހެނދުނުގެ ނާސްތާއަށް ގިނަ ވަގުތު ދިނުމާއި، ރަނގަޅު ކަސްރަތަކުން ދުވަސް ފެށުމުގެ ފުރުޞަތު ހޯދައެވެ. ހެނދުނުގެ ވަގުތުތަކުގައި އުފެއްދުންތެރިކަން އިތުރުވުމެވެ. އަދި ހެނދުނު 9:00-5:00 ގެ ޝެޑިއުލްގައި މަސައްކަތް ކުރާ މީހުންނަށް ހަރުދަނާ ދިރިއުޅުމެއް ބިނާކުރެވިދާނެއެވެ.
އެހެންކަމުން ހެނދުނު ހޭލަން އުނދަގޫ މީހުންނަށް މިކިޔައިދެނީ ހޭލެވޭނެ އެންމެ ފަސޭހަ ގޮތެވެ. ސިއްހީ މާހިރުން ބުނަނީ އުފެއްދުންތެރި ފަތިހަކަށް އެންމެ މުހިންމު އެއްކަމަކީ ފެން ކަމުގައެވެ. އަދި އެނދުން ތެދުވުމާއެކު ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ވެސް ހަކަތައިގެ މިންވަރު މަތިކުރުމަށް އެހީތެރިވެދޭ ގޮތަށް ފެން ފުޅިއެއް ބޯށެވެ.
ހެނދުނު އެންމެ ފުރަތަމަ ފެން ބުއިމަކީ ވަގުތުން ހަށިގަނޑު ހައިޑްރޭޓްކޮށް، މުޅި ދުވަހުގެ ބާކީ ބައި ދެމިގެންދާނެ ހަކަތައަކަށްވާނެ ކަމެވެ. ފަތިހު ހޭލާއިގެން ބޯ ކޮފީއަކަށްވުރެ ފެން މާ ރަނގަޅުވާނެ ކަމަށެވެ.

