މަގުމަތިން ދަނިކޮށް އަންހެންކުއްޖެގެ ކަރުގަ އޮތް ރަން ފަށެއް ފޭރުނު މީހާ ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
މި ހާދިސާ ހިނގީ އިއްޔެ އަލިކިލެގެފާނު މަގުގައެވެ. ދައުރުވަމުންދާ ވީޑިއޯއިން ފެންނަނީ ސައިލަލެއްގަ ދުއްވާފަދިޔަ އަންހެން ކުއްޖެއްގެ ރަންފަތް ފޭރިގަނެ އަތް ދަބަސް ފޭރެން މަސައްކަތްކުރި މަންޒަރެވެ.
މި މަސާލައިގޭ ތުހުމަތުގާއި ހައްޔަރުކޮށްފައިވަނީ މާލެ، ވ. ފިޔަބަރީ، ހަސަން އީސާމް (30އ) އެވެ. ފުލުހުން ބުނީ އިއްޔެ 17:20 އެހައިކަންހާއިރުރު ފުލުހުންގެ ބެލުމުގޭ ދަށަށްއޭނާ ގެންދެވިފަިއވާ ކަމަށެވެ.
މިއަދު މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ފުލުުހުން ބުނީ އެ ހާދިސާގެ ޒިންމާ އުފުލަން ޖެހޭ މީހާ މިހާރު ވަނީ ހައްޔަރުކޮށްފަ ކަމަށާއި މީގެ އިތުރުން އެ މައްސަލައިގެ ތަހުގީގަށް ތުހުމަތުކުރެވޭ ސައިކަލް ވެސް ވަނީ ހިފަހައްޓައިފައި ކަމަށެވެ.

