މިއަދު 15:00 އިން މިރޭ 19:00 އާ ހަމަޔަށް ދެކުނުގެ ފުވަމުލައް ސިޓީ އިން ފެށިގެން އައްޑޫ ސިޓީ އަށް ރީނދޫ ސަމާލު ނެރެފިއެވެ. އަދި މިއަދު ހަވީރު 16:15 އިން ފެށިގެން މިރޭ 22:00 އާ ހަމަޔަށް އުތުރުގެ ހއ އަތޮޅުން ފެށިގެން ކ އަތޮޅަށް ހުދު ސަމާލު ނެރެފައިވެއެވެ.
އައްޑޫ އަދި ފުވައްމުލައް ސަރަހައްދުގެ މޫސުން ގޯސްވާނެ ކަމަށް ލަފާ ކުރެވޭ ވަގުތުތަކުގައި ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް މެޓް އޮފީހުން ބުނެފައިވެއެވެ. އަދި ކަނޑުތައް ވެސް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
މީގެ އިތުރުން ހއ އަތޮޅުން ފެށިގެން ކ އަތޮޅަށް ހުދު ސަމާލު ނެރެފައިވާއިރު މި ސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުުގުރުން އަދި ވިލަގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް މެޓް އޮފީހުން ވިދާޅުވެފައިވެއެވެ.
މިދުވަސްވަރަކީ ސްކޫލް ބަންދު ދުވަސްވަރެއްކަމުން، ކަނޑުމަގުންނާއި ވައިމަގުން ވެސް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރުތަށް ކުރެވެެއެވެ. އެހެންކަމުން، ދަތުރުކުރާއިރު ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސް ކުރެއެވެ.

