މަގުމަތިން ދަނިކޮށް އަންހެންކުއްޖެގެ ކަރުގަ އޮތް ރަން ފަށެއް ފޭރުނު މީހާގެ ބަންދަށް 7 ޖަހާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
އެ ހާދިސާ ހިނގީ އިއްޔެ އަލިކިލެގެފާނު މަގުގައެވެ. ދައުރުވަމުންދާ ވީޑިއޯއިން ފެންނަނީ ސައިލަލެއްގަ ދުއްވާފަދިޔަ އަންހެން ކުއްޖެއްގެ ރަންފަށް ފޭރިގަނެ އަތް ދަބަސް ފޭރެން މަސައްކަތްކުރި މަންޒަރެވެ.
ފުލުހުން ބުނީ އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ 7 ދުވަހުގެ މުއްދަތެއް ޖަހާފައި ކަމަށެވެ.
އެ މަސާލައިގޭ ތުހުމަތުގާއި ހައްޔަރުކޮށްފައިވަނީ މާލެ، ވ. ފިޔަބަރީ، ހަސަން އީސާމް (30އ) އެވެ. ފުލުހުން ބުނީ އިއްޔެ 17:20 އެހައިކަންހާއިރުރު ފުލުހުންގެ ބެލުމުގޭ ދަށަށްއޭނާ ގެންދެވިފަިއވާ ކަމަށެވެ.
މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ފުލުުހުން ބުނީ އެ ހާދިސާގެ ޒިންމާ އުފުލަން ޖެހޭ މީހާ މިހާރު ވަނީ ހައްޔަރުކޮށްފަ ކަމަށާއި މީގެ އިތުރުން އެ މައްސަލައިގެ ތަހުގީގަށް ތުހުމަތުކުރެވޭ ސައިކަލް ވެސް ވަނީ ހިފަހައްޓައިފައި ކަމަށެވެ.

