އައްޑޫ ސިޓީ އިން ފުރައިގެން މާލެ ދަތުރު ކުރަމުންދިޔަ ސީމެކްސް ބޯޓުން ގެއްލުނު ނޭޕާލް ފަޅުވެރިޔާ ރާޖް ކުމާރު ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން މެދުކަނޑާލައިފިއެވެ.
މިދިޔަ ހޯމަ ދުވަހު ރޭ ފުރި ދޯނިން ގެއްލުނު މި ފަޅުވެރިޔާ ހޯދުމުގެ މަސައްކަތް ކޯސްޓް ގާޑުން އައީ ކުރަމުންނެވެ.
އެމްއެންޑީއެފުން ބުނީ، ރާޖު ކުމާރު ހޯދުމުގެ މަސައްކަތް މެދުކަނޑާލުމާ ހަމައަށް މިދިޔަ އަންގާރަ ދުވަހާއި ބުދަ ދުވަހު 304 ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށެވެ. އަދި ފުވައްމުލަކު ވަށައިގެންވާ ސަރަހައްދު އިއްޔެ ބެލި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އޭނާ ހޯދުމަށް މަސައްކަތް ކުރަމުން އައީ އަސްކަރީ ޑްރޯންގެ ބަދަލުގައި ކަނޑުމަގުން ކޯސްޓްގާޑުގެ އުޅަނދުތަކުން ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ. އަދި މި އޮޕަރޭޝަންގައި ޑްރޯން ބޭނުން ނުކުރި ސަބަބެއް އެމްއެންޑީއެފުން އަދި ބުނެފައެއްނުވެއެވެ.
މިދިޔަ ހޯމަ ދުވަހު ރޭ ފުރި ދޯނީގައި ރާޖް ކުމާރު ނެތްކަން އެގިފައިވަނީ އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީ އާ ދެމެދު ކަނޑު މަތިން ފުވައްމުލަކު ސިޓީގެ 8 މޭލަށް ކައިރިވެފައިނިވަނިކޮށް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
އަދި ފުލުހުން ބުނީ އެރޭ 11:30 އެހައިކަންހައި އިރު ރާޖް ކުމާރު ބޯޓްގައި ހުރިކަމަށް މައުލޫމާތު ލިބިފައިވާ ކަމަށާއި، އަދި 01:15 ހައިރު ކެޕްޓަން އާ ވަހާކަ ވެސް ދައްކާފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

