ކްރޮއޭޝިއާގެ ވެރިރަށް ޒަގްރެބްގެ އެލިމެންޓަރީ ސްކޫލެއްގައި، ވަޅިން ހަމަލާދީ ހަތް އަހަރުގެ އަންހެން ކުއްޖަކު މަރާލައިފިއެެވެ.
އަދި މި ހަމަލާގައި އަށް މީހަކު ޒަހަމްވެފައިވެއެވެ.
ސީއެންއެން އިން މައުލޫމާތު ދޭ ގޮތުގައި އެ ސްކޫލްގެ ކުރީގެ ދަރިވަރެއް ކަމަށް ބެލެވޭ އުމުރުން 19 އަހަރުގެ ހަމަލާދިން މީހާ ހުކުރު ދުވަހުގެ ފަތިހު އެލިމެންޓަރީ ސްކޫލުގެ ގްރޭޑް 1 ގެ ކުލާސްރޫމަކަށް ވަދެ ޓީޗަރާއި ބައެއް ކުދިންނަށް ވަޅިން ހަމަލާ ދީފައިވެއެވެ.
ހެލިކޮޕްޓަރުތަކުން ދަނީ ޒަހަމްވި މީހުން ޒަގްރެބްގެ އެކި ހޮސްޕިޓަލްތަކަށް ގެންދިއުމުގެ މަސައްކަތް ކުރަމުންނެވެ. އެ ޓީޗަރުގެ ފުރާނައަށް ގެއްލުން ވެފައިވާ ކަމަށާއި އޭނާގެ ހާލު ސީރިއަސް ކަމަށް ހޮސްޕިޓަލުން ބުނެއެވެ.
“ހަމަލާދިން މީހާ ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި. ޒަހަމްވި މީހުންނަށް ދަނީ ފަރުވާ ދެމުން،” ޒަގްރެބްގެ ފުލުހުން ބުންޏެވެ.
ބޮޑުވަޒީރު އަންދްރޭޖް ޕްލެންކޮވިޗް ވިދާޅުވީ މި ހިތާމަވެރި ހާދިސާއާ ގުޅިގެން ގައުމު އޮތީ ވަރަށް ބޮޑަށް ބިިރުގަނެފައި ކަމަށެވެ.
ކްރޮއޭޝިއާ އާއި ބަލްކަން ސަރަހައްދުގައި ސްކޫލުތަކަށް ހަމަލާ ދިނުމަކީ ވަރަށް ނާދިރު ކަމެކެވެ.

