އައްޑޫން ފުރައިގެން މާލެ އަށް ދަތުރުކުރި ބޯޓަކުން ގެއްލުނު ނޭޕާލް ފަޅުވެރިޔާ ހޯދުމުގެ މަސައްކަތް ހުއްޓާލި ކަމަށް މިއަދު ބުނެވުނީ އޮޅިގެން ކަމަށް އެމްއެންޑީއެފުން މިރޭ ބުނެފި އެވެ.
އެމްއެންޑީއެފުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ގެއްލުނު މީހާ ހޯދުމުގެ އޮޕަރޭޝަން ހުއްޓާލި ކަމަށް ބުނެވިފައި ވަނީ މައުލޫމާތުގެ ކުށަކުން ކަމަށެވެ. އެ ކުށް އިސްލާހުކޮށްލަން އެދި އެމްއެންޑީއެފުން ވަނީ އެކަމަށް މާފަށް ވެސް އެދިފައެވެ.
އެމްއެންޑީއެފުން ވިދާޅުވީ، ސީމެކްސް ބޯޓުން ގެއްލުނު ފަޅުވެރިޔާ ހޯދުމަށްޓަކައި ކުރެވޭ މަސައްކަތުގެ ތެރެއިން، އޮޔާއެކު އެމީހާ ލައްގާނެކަމަށް ގަބޫލުކުރެވޭ ދިމާތަކުގައި މިއަދު ސަރޗް އޮޕަރޭޝަން ހިންގިފައި ވާ ކަމަށެވެ. އަދި އޭގެ އިތުރުން އެ ސަރަހައްދުގައި ދަތުރުކުރާ އިންޓަރނޭޝަނަލް އުޅަނދުފަހަރުތަކާ ކޯޑިނޭޓު ކުރަމުންދާ ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.
އެމްއެންޑީއެފުން މައުލޫމާތު ދޭ ގޮތުގަައި، ރާޖު ކުމާރު ހޯދުމުގެ މަސައްކަތް މެދުކަނޑާލުމާ ހަމައަށް މިދިޔަ އަންގާރަ ދުވަހާއި ބުދަ ދުވަހު 304 ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށެވެ. އަދި ފުވައްމުލަކު ވަށައިގެންވާ ސަރަހައްދު އިއްޔެ ބެލި ކަމަށް ވެސް ހާމަކޮށްފައިވެއެވެ.
އޭނާ ހޯދުމަށް މަސައްކަތް ކުރަމުން އައީ އަސްކަރީ ޑްރޯންގެ ބަދަލުގައި ކަނޑުމަގުން ކޯސްޓްގާޑުގެ އުޅަނދުތަކުން ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ. އަދި މި އޮޕަރޭޝަންގައި ޑްރޯން ބޭނުން ނުކުރި ސަބަބެއް އެމްއެންޑީއެފުން އަދި ބުނެފައެއްނުވެއެވެ.
މިދިޔަ ހޯމަ ދުވަހު ރޭ ފުރި ދޯނީގައި ރާޖް ކުމާރު ނެތްކަން އެގިފައިވަނީ އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީ އާ ދެމެދު ކަނޑު މަތިން ފުވައްމުލަކު ސިޓީގެ 8 މޭލަށް ކައިރިވެފައިނިވަނިކޮށް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
އަދި ފުލުހުން ބުނީ އެރޭ 11:30 އެހައިކަންހައި އިރު ރާޖް ކުމާރު ބޯޓްގައި ހުރިކަމަށް މައުލޫމާތު ލިބިފައިވާ ކަމަށާއި، އަދި 01:15 ހައިރު ކެޕްޓަން އާ ވަހާކަ ވެސް ދައްކާފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

