މޫސުން ގޯސްވުމުގެ ސަބަބުން އެމްޓީސީސީން ފޯރުކޮށްދެމުންދާ ޚިދުމަތްތަކަށް ބުރޫއަރާފާނެ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.
އެ ކުންފުނިން ކަސްޓަމަރުންގެ ސަމާލުކަމަށް ނެރުނު މެސެޖެއްގައި މިހާރު ރާއްޖޭގެ ބޮޑު ސަރަޙައްދަކަށް މޫސުން ގޯސްވެ، ކަނޑާއި ވައި ގަދަވާނެކަމަށް މެޓް އޮފީހުން ލަފާ ކޮށްފައިވާތީ، ފެރީގެ ޚިދުމަތްތަކަށް ބުރޫއަރާފާނެ ކަމަށް އަންގާފައިވެއެވެ.
އަދި މިކަމާ ބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް އެ ކުންފުނީގެ ހޮޓްލައިން 1650 އަށް ގުޅުއްވަން ވެސް އިރުޝާދު ދެއްވާފައިވެއެވެ.
އެމްޓީސީސީން ދޭ ފެރީގެ ޚިދުމަތަކީ ވަރަށް ގިނަ ބަޔެއްގެ ބޭނުންތަކާއި ގުޅިފައިވާ މުހިންމު އަސާސީ ޚިދުމަތެކެވެ. މި ޚިދުމަތުގެ ސަބަބުން ރައްޔިތުން ދަތުރަށް ކުރަންޖެހޭ ހޭދަ ބޮޑުތަނުން ކުޑަވެ، ދަތުރުގެ ހިތްފަސޭހަކަމާއި، ރައްކާތެރިކަމުގެ ޔަޤީންކަން ވަނީ އިތުރުކޮށްދީފައެވެ.
މޫސުން ގޯސްވާ ހާލަތްތަކުގައި އެމްޓީސީސީން އަބަދުވެސް ދަތުރުފަތުރުކުރުމުގައި ކަމާ ބެހޭ އިދާރާތަކުގެ ލަފާ ބަލައިގަނެއެވެ.

