ސައިނަސް ނުވަތަ އާންމުބަހުން ރޯގާގެ ސަބަބުން މޫނުގައި ރިއްސުމާއި ނޭފަތުގައި ރިއްސުން ނުވަތަ ނޭފަތުން ފެން އައުން ފަދަ އަލާމަތްތަކާއި ކުރިމަތިލާންޖެހެއެވ. އަދި ބައެއް ފަހަރު ހުން އައުމާއި އެހެނިހެން އަލާމާތްތައް ވެސް ހުރެ އެވެ. މިއީ އާންމުގޮތެއްގައި އާދައިގެ ރޯގާގެ ސަބަބުން ޖެހޭ ބައްޔެއް ނަމަވެސް އެހެނިހެން ވައިރަހާއި ބެކްޓީރިއާ އާއި ފަންގަސް އަދި އެލާޖީގެ ސަބަބުން ވެސް ސައިނަސްއާއި ކުރިމަތިލާން ޖެހެއެވެ.
ސައިނަސް ގެ މައްސަލަތަކުގެ ސަބަބުން ތަފާތު އަލާމާތްތައް ފެނެއެވެ. މޫނާއި ލޮލާއި ބޮލުގައި ރިއްސެއެވެ. ވަސް ދުވުމުގެ އިހުސާސް ކުޑަވެއެވެ.
ކަރުގައި ރިއްސުމާއި، ވަކިން ހާއްސަކޮށް ރޭގަނޑު ކެއްސުން އިތުރުވެއެވެ.
ހުން އައުމާއި، ދަތްދޮޅީގައި ރިއްސުންފަދަ ކަންކަންވެސް ކުރިމަތިވެއެވެ.
ސައިނަސްއަށް ޖެހެނީ ރޯގާގެ ސަބަބުންނެވެ.
ސިއްހ މާހިރުން ފާހަގަކުރާ ގޮތުގައި މިކަމަށް އޮތީ ފުރަތަމ ގޭގެ ދެވޭނެ ފަރުވާތައް އަވަސްކުރުމެވެ. އޭގެ ފަހުން ކޮންޓްރޯލް ނުވާނަމަ ޑޮކްޓަރެއްގެ އެހީ ހޯދުމެވެ..
ސިއްހީ ތަޖުރިބާކާރުން ބުނާގޮތުގަ ސައިނަސް އިންފެކްޝަންތައް އާންމުގޮތެއްގައި އަމިއްލައަށް ރަނގަޅުވަނީ 10 ދުވަހާއި މަސްދުވަހުގެ ތެރޭގައެވެ. ނަމަވެސް ޑޮކްޓަރަށް ދައްކަން ޖެހޭނެއެވެ. އަދި މިއީ ފަރުވާ އަވަސްކުރަންޖެހޭ ބައްޔެއްވެސް މެއެވެ. ބައެއްފަހަރު ސައިނަސްގެ އަލާމާތްތައް 10 ދުވަހަށްވުރެ ދިގުދެމިގެންވެސް ދެއެވެ. ދެދުވަހުން އެއްދުވަހު މި އުނދަގޫތަކާއި ކުރިމަތިލާންޖެހެއެވެ.
ސައިނަސް ބައްޔާއި ގުޅޭ ގޮތުން ޑޮކްޓަރުން ވިދާޅުވަނީ މި އިންފެކްޝަނަކީ އާންމުކޮށް ދިމާވާ އަދި އާންމުގޮތެއްގައި ސީރިއަސް އިންފެކްޝަނެއް ނޫން ކަމަށެވެ. އޭގެ ތެރޭގައި ވައިރަހާއި ބެކްޓީރިއާ، ނޭފަތަށް ވާސިލްވާ އެލާޖީ ފަދަ އެތައް ސަބަބުތަކެއް ހުރެދާނެ ކަމަށެވެ. އާންމުގޮތެއްގައި ގޭގައި ތާފަނާފެން ބޭނުން ކުރުމާއި، ބުއިމުގެ ސަބަބުންވެސް އަމިއްލަ ނަފްސަށް އަޅާލެވިދާނެ އެވެ.
ބަލީގެ އަލާމާތްތައް ރަނގަޅު ނުވާނަމަ، ސައިނަސް އަށް ޙާއްސަ ޑޮކްޓރެއްގެ ލަފާ ހޯދިދާނެއެވެ. އަދި ގިނައިން ދިމާވާނަމަ ނުވަތަ ކަންބޮޑުވާ ފަދަ އަލާމާތެއް ފެނިއްޖެނަމަ ސިއްހީ ހިދުމަތް ދޭ ފަރާތަށް ގުޅާ ފަރުވާ އަވަސްކުރުމަކީ އެންމެ ރަނގަޅު ހައްލެވެ.

