މޫސުން ގޯސްވެ ބޯކޮށް ވާރޭވެހޭ ދުވަސްތަކުގައި ފަސޭހައިން އަރިދަފުސް ރޯގާ ޖެހޭނެއެވެ. މިފަދަ ފިނި މޫސުމުގައި ކަރުތެރޭގައި ރިއްސުމާއި ހުން އައުމަކީ ވަރަށް އާންމު މައްސަލައެކެވެ. ކަރުތެރޭގައި ރިއްސުމާއި، ދުޅަވުމާއި، ކަރުގެ ސަރަޙައްދުގައި ހުންނަ ބައިތައް ދުޅަވުމާއި، މަތީތަލިން ފެށިގެން ކަރުގެ ފެށޭ ބަޔާ ހަމައަށް ދުޅަވުމާއި، ޓޮންސިލް ދުޅަވުމާއި، ކަންފަތުގައި ރިއްސުމާއި، ލޮލުން ފެން އައުމާއި، ނޭފަތް ދުވުމާއި، ވަރުބަލިވުމާއި، އަދި ބޮލުގައި ރިއްސުން ފަދަ ކަންކަމަކީ ވަރަށް ގިނައިން ދިމާވަމުން އަންނަ ސިއްހީ މައްސަލަތަކެވެ. މި ކަންތައްތަކަށް ޑޮކްޓަރީ ފަރުވާ ހޯދުމަށް ދިއުމުން، ދެވޭ ބޭސް ވަގުތުން ބޭނުންކުރުމާއި، އަނގަ ދޮވުމަށް ދެވޭ ދިޔާ ބޭސް ރަނގަޅަށް ބޭނުންކުރުމާއި، އަރާމުކުރުމުގެ އިތުރުން ގޭގައި ކުރެވިދާނެ ލުއި ފަރުވާތައް ދެނެގަތުމަކީ މުހިންމު ކަމެކެވެ.
ލުނބޯ އަދި އިނގުރު
އިނގުރު އަަޅައިގެން ލުނބޯހުތާއެކު ހުސް ހޫނުފެން ބުއިމުން ކަރުތެރޭގެ ރިހުން ލުއިކޮށްދީ ޝިފާ ލިބުމަށް އެހީތެރިވެދެއެވެ. ލުނބޯހުތަކީ އޭގައި ވިޓަމިން ސީ އާއި އެންޓިއޮކްސިޑެންޓްސް ގިނަ އެއްޗެކެވެ. ހަމައެކަނި ހޫނު ފެންފޮދަކަށް ލުނބޯހުތް އަޅައިގެން ތައްޔާރުކޮށްލާ ބުއިމަކީ ވަރަށް ފައިދާހުރި އެއްޗެކެވެ.

ކަރުތެރެ ދުޅަވެ، ރިއްސުމާއި އަރިދަފުސް ރޯގާއަށް ގޭގައި ދެވިދާނެ ބައެއް އަވަސް ފަރުވާތައް/ ފޮޓޯ: ޓުއާސައުޑޭ
މާމުއި
މާމުޔަކީ ބޭސްވެރިކަމުގެ ސިފަތަކެއް ލިބިފައިވާ އެއްޗެކެވެ. ހޫނު ސައިތަށްޓަކަށް މާމުއި އަޅައިގެން ބުއިމުން ކަރުތެރެއަށް ވަރަށް ލުއި އިހުސާސްވާނެއެވެ.
ރީނދޫ
ރީނދޫ ބޭނުންކޮށްގެން އެކި ގޮތްގޮތަށް ފަރުވާ ދެވިދާނެއެވެ: ރީނދުލުގައި ހުންނަ އެސްޓްރިންޖެންޓް އަދި އެންޓިސެޕްޓިކް ބާވަތުގެ ސަބަބުން މަތީތަލީގެ އަދި ކަރުގެ ފެށޭހިސާބުގައި ހުންނަ ދުޅަ ކުޑަވެ، ޓޮންސިލް އަވަހަށް ރަނގަޅުވުމަށް އެހީތެރިވެދެއެވެ. ރީނދުލުގައި ހުންނަ އެންޓިބަޔޮޓިކް ބާވަތްތަކުގެ ސަބަބުން ކަރުތެރޭގެ ރިއްސުމާއި ހުން ފަދަ ކަންކަމަށް ފަރުވާ ލިބެއެވެ. ނަމަވެސް ބައެއް ބަލިތައް ހުންނަ މީހުން ރީނދޫ ބޭނުންކުރުމުގައި ސަމާލުވާންޖެހެއެވެ

ކަރުތެރެ ދުޅަވެ، ރިއްސުމާއި އަރިދަފުސް ރޯގާއަށް ގޭގައި ދެވިދާނެ ބައެއް އަވަސް ފަރުވާތައް/ ފޮޓޯ:އަޔުވްރެދިކް
- ރީނދޫކިރު: ރީނދުލާއި ކިރު އެއްކޮށްލައިގެން ބުއިން
- ލޮނާއި ރީނދޫ ފެނުން ކަރުދޮވުން: ހޫނު ފެނަށް ލޮނާއި ރީނދޫ އަޅައިގެން ކަރުދޮވުން
- ހެނދުނު ހުސްބަނޑާ ހޫނު ރީނދޫފެން ބުއިން.

ކަރުތެރެ ދުޅަވެ، ރިއްސުމާއި އަރިދަފުސް ރޯގާއަށް ގޭގައި ދެވިދާނެ ބައެއް އަވަސް ފަރުވާތައް/ ފޮޓޯ:އަޔުވްރެދިކް
ފޮނިތޮށި، ކާފޫރުތޮޅި އަދި ކަރަންފޫ
- ފޮނިތޮށްޓަކީ އެންޓިއޮކްސިޑެންޓްސް އާއި އެންޓިބެކްޓީރިއަލް ސިފަތައް ހުންނަ އެއްޗެކެވެ. ކުޑަފޮނިތޮށިކޮޅަކުން ކަރުތެރެ ދުޅަވުމާއި ރިއްސުމަށް ހައްލު ގެނެވިދާނެއެވެ.
- ފޮނިތޮށްޓާއި ކާފޫރުތޮޅި އަދި ކަރަންފޫ، ފެނަށް އަޅައި، އޭގައި ހުރި ރަހަ ފެންގަނޑަށް ނުކުންނަން ދެން ކައްކާށެވެ.
- ބޭނުންނަމަ މާމުއި އަޅައިގެން ނޫނީ ސައިފަތާއި ކިރު އަޅައިގެން ބޭނުން ކުރެވިދާނެއެވެ. މިއީ ވަރަށް ފައިދާ ހުރި އަދި ރޯގާއަށް ހަމައެންމެ ރަގަޅު ފަރުވާއެކެވެ.
ކަރުތެރޭގައި ރިއްސުމާއި ހުން އައުމަކީ އާންމު ކަމެއް ނަމަވެސް، މަތީގައި ބަޔާންކުރެވުނު ގޭގައި ދެވިދާނެ ފަރުވާތަކުން ގިނަ ފަހަރަށް ލުޔެއް ލިބިގެންދާނެއެވެ. ނަމަވެސް ކަރުތެރޭގެ ރިއްސުން ދިގުލައިގެން ދާނަމަ ނުވަތަ ވަރަށް ބޮޑަށް ރިއްސާނަމަ ޑޮކްޓަރކަށް ދެއްކުމަކީ މުހިންމު ކަމެކެވެ. އެއީ ސްޓްރެޕް ތްރޯޓް، ޓޮންސިލައިޓިސް ނުވަތަ އެހެންވެސް ސީރިއަސް އިންފެކްޝަނެއް ހުރުމުގެ ފުރުސަތު އޮތުމުންނެވެ.

ކަރުތެރެ ދުޅަވެ، ރިއްސުމާއި އަރިދަފުސް ރޯގާއަށް ގޭގައި ދެވިދާނެ ބައެއް އަވަސް ފަރުވާތައް/ ފޮޓޯ:ހޯމްރެމެޑީސް
އިތުރު ލަފާތައް:
ފިނި ބުއިންތަކުން ދުރުވެ ހޫނު ފެން ގިނައިން ބުއިން
ހަށިގަނޑުގައި ފެން ހުރުމަކީ ވަރަށް މުހިންމު ކަމެކެވެ. ހޫނު ފެން ބުއިމުން ކަރުތެރެ ތެތްކޮށް، ރިއްސުން ލުއިކޮށްދެއެވެ.
ލޮނު ނުވަތަ ރީނދުލާއި ލޮނު އަޅައިގެން ގަރގްލް ކުރުން ނުވަތަ ކަރު ދޮވުން
ލޮނުފެނުން ނުވަތަ ރީނދޫ އަޅާފައިވާ ހޫނުފެނުން ގަރގަލް ކުރުމަކީ ކަރުތެރޭގެ ރިއްސުމަށް ވަރަށް ރަނގަޅު ފަރުވާއެކެވެ. މިކަމުން ކަރުތެރޭގައި ހުންނަ ބެކްޓީރިއާ މަރުވެ، ރިއްސުން ލުއިވެއެވެ.

ކަރުތެރެ ދުޅަވެ، ރިއްސުމާއި އަރިދަފުސް ރޯގާއަށް ގޭގައި ދެވިދާނެ ބައެއް އަވަސް ފަރުވާތައް/ ފޮޓޯ:ހޯމްރެމެޑީސް
އަރާމު ކުރުން
ފުރިހަމަ އަރާމެއް ލިބުމަކީ ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަ ކުރުމަށް ވަރަށް މުހިންމު ކަމެކެވެ. ކަރުތެރޭގައި ރިއްސާނަމަ އެކަށީގެންވާ ވަރަށް ނިދުމަކީ މުހިންމު ކަމެކެވެ.
ރުތެރޭގައި ރިއްސުމާއި ހުން އައުމަކީ އާންމު ކަމެއް ނަމަވެސް، މި ބަޔާންކުރެވުނު ގޭގައި ދެވިދާނެ ފަރުވާތަކުން ގިނަ ފަހަރަށް ލުޔެއް ލިބިގެންދާނެއެވެ. މި ފަރުވާތަކަކީ ގުދުރަތީ އަދި ރައްކާތެރި ގޮތްތަކެކެވެ. ނަމަވެސް، ކަރުތެރޭގެ ރިއްސުން ދިގުލައިގެން ދާނަމަ ނުވަތަ ވަރަށް ބޮޑަށް ރިއްސާނަމަ ޑޮކްޓަރަކަށް ދެއްކުމަކީ މުހިންމު ކަމެކެވެ. އަދި މި ފަރުވާތައް ދިނުމުގައި އަމިއްލަ ހާލަތަށް ބަލައި، އެކަށީގެންވާ މިންވަރަށް ބޭނުންކުރުމަކީ މުހިންމު ކަމެކެވެ.

